ސްރީލަންކާގެ ޔޫތު މިނިސްޓަރު ނަމާލް ރާޖަޕަކްސަ، ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދަށް ވަރަށް ބޮޑަށް ތައުރީފް ކުރައްވައިފިއެވެ.
ސްރީލަންކާ ފަސްވަނަ ޔޫތު ޕާލަމެންޓުގެ ދެވަނަ ސެޝަން ޝަރަފުވެރި ކޮށްދެއްވުމަށް ކުރައްވާ ދަތުރުފުޅެއްގައި މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު މިވަގުތު ހުންނެވީ ސްރީލަންކާގައެވެ.
ރައީސް ނަޝީދަށް ވަރަށް ބޮޑަށް ތައުރީފް ކުރައްވަމުން ދިވެހި ބަހުން ޝޯޝަލް މީޑިޔާގައި އާންމުކުރެއްވި މެސެޖްގައި ސްރީލަންކާގެ ޔޫތު މިނިސްޓަރު ނަމާލް ރާޖަޕަކްސަ ވިދާޅުވީ، ރައީސް ނަޝީދުގެ ހިތްވަރުފުޅާއި އެމަނިކުފާނު ދެއްވާ އިރުޝާދު، ސްރީލަންކާގެ މުސްތަގުބަލްގެ ލީޑަރުންގެ ހިތްތަކުގައި ބިންވަޅު ނެގޭނެ ކަމާއި މެދު ޝައްކު ނުކުރައްވާ ކަމަށެވެ.
ސްރީލަންކާގެ ފަސްވަނަ ޔޫތު ޕާލަމެންޓުގެ ދެވަނަ ސެޝަން ޝަރަފުވެރި ކޮށްދެއްވުމަށް ރައީސް ނަޝީދު ވަޑައިގެންނެވީތީ ނަމާލް ވަނީ އެމަނިކުފާނަށް ޝުކުރު އަދާކުރައްވާފައެވެ.
ރައީސް ނަޝީދު ލަންކާއަށް ކުރައްވާ ދެ ދުވަހުގެ މި ދަތުރުފުޅަކީ ލަންކާގެ މިނިސްޓަރ އޮފް ޔޫތު އެންޑް ސްޕޯޓްސް، މިނިސްޓަރ އޮފް ޑިވެލޮޕްމަންޓް ކޯޑިނޭޝަން އެންޑް މޮނިޓަރިންގ އަދި ސްޓޭޓް މިނިސްޓަރ އޮފް ޑިޖިޓަލް ޓެކްނޮލޮޖީ އެންޑް އެންޓަރޕްރައިސް ޑިވެލޮޕްމަންޓް، ހިޒް އެކްސެލެންސީ ނަމާލް ރާޖަޕަކްސާގެ ދަޢުވަތަކަށް ކުރައްވާ ދަތުރުފުޅެކެވެ.
ރައީސް ނަޝީދު ލަންކާއަށް ކުރައްވާ ދަތުރުފުޅުގައި 5 ވަނަ ސްރީ ލަންކާ ޔޫތު ޕާލަމެންޓުގެ 2 ވަނަ ސެޝަންގައި ޝަރަފުވެރި މެހެމާނެއްގެ ޙައިސިއްޔަތުން ބައިވެރިވެވަޑައިގެންނެވިއެވެ. މި ސެޝަނަކީ ސްރީ ލަންކާގެ ޒުވާނުންގެ ލީޑަރޝިޕް ހުނަރުތައް އަށަގެންނެވުމަށާއި، އެހުނަރުތައް ދަސްކޮށްދިނުމުގެ މަޤްޞަދުގައި ނޭޝަނަލް ޔޫތު ސަރވިސަސް ކައުންސިލުން އިންތިޒާމްކޮށްގެން ބާއްވާ ސެޝަނެކެވެ.

ސްރީލަންކާގެ ނެޝަނަލް ޔޫތް ޕާލަމެންޓްގެ ދެވަނަ ދައުރު ޝަރަފުވެރި ކޮށްދެއްވުމަށް ވަޑައިގެންދެއްވީތީ ރައީސް @MohamedNasheed ޝުކުރު ދަންނަވަން. މަނިކުފާނު ދެއްވާ ހިތްވަރާ އިރުޝާދު ސްރީލަންކާގެ މުސްތަގުބަލުގެ ލީޑަރުންގެ ހިތްތަކުގާ ބިންވަޅު ނެގޭނެ ކަމާމެދު އަޅުގަޑު ޝައްކެއް ނުކުރަން. pic.twitter.com/lff7W6ccma
— Namal Rajapaksa (@RajapaksaNamal) January 18, 2022
ރައީސް ނަޝީދު ލަންކާއަށް ކުރައްވާ ދެ ދުވަހުގެ މި ދަތުރުފުޅަކީ ލަންކާގެ މިނިސްޓަރ އޮފް ޔޫތު އެންޑް ސްޕޯޓްސް، މިނިސްޓަރ އޮފް ޑިވެލޮޕްމަންޓް ކޯޑިނޭޝަން އެންޑް މޮނިޓަރިންގ އަދި ސްޓޭޓް މިނިސްޓަރ އޮފް ޑިޖިޓަލް ޓެކްނޮލޮޖީ އެންޑް އެންޓަރޕްރައިސް ޑިވެލޮޕްމަންޓް، ހިޒް އެކްސެލެންސީ ނަމާލް ރާޖަޕަކްސާގެ ދަޢުވަތަކަށް ކުރައްވާ ދަތުރުފުޅެކެވެ.
ރައީސް ނަޝީދު ލަންކާއަށް ކުރައްވާ ދަތުރުފުޅުގައި 5 ވަނަ ސްރީ ލަންކާ ޔޫތު ޕާލަމެންޓުގެ 2 ވަނަ ސެޝަންގައި ޝަރަފުވެރި މެހެމާނެއްގެ ޙައިސިއްޔަތުން ބައިވެރިވެވަޑައިގެންނެވިއެވެ. މި ސެޝަނަކީ ސްރީ ލަންކާގެ ޒުވާނުންގެ ލީޑަރޝިޕް ހުނަރުތައް އަށަގެންނެވުމަށާއި، އެހުނަރުތައް ދަސްކޮށްދިނުމުގެ މަޤްޞަދުގައި ނޭޝަނަލް ޔޫތު ސަރވިސަސް ކައުންސިލުން އިންތިޒާމްކޮށްގެން ބާއްވާ ސެޝަނެކެވެ.
ކިޔުންތެރިންގެ ހިޔާލު