ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ތެރެއިން މަސައްކަތެއް ނުހިނގާ 9 ކުންފުންޏެއް އުވާލުމުގެ މަސައްކަތް ފިނޭންސް މިނިސްޓްރީން ފަށައިފިއެވެ.
ފިނޭންސް މިނިސްޓްރީން އުވާލުމުގެ މަސައްކަތް ފަށާފައިވަނީ 2016 ވަނަ އަހަރު އުވާލުމަށް ނިންމި 6 ކުންފުންޏަކާއި، 2018 ވަނަ އަހަރު އުވާލުމަށް ނިންމި ކުންފުންޏަކާ އަދި 2019 ވަނަ އަހަރު އުވާލުމަށް ނިންމި 2 ކުންފުންޏެކެވެ.
އެ ކުންފުނިތަކަކީ ކުރީން ދައުލަތުގެ މީޑިއާ ހިންގި މޯލްޑިވްސް ނޭޝަނަލް ބްރޯޑްކާސްޓިންގ ކޯޕަރޭޝަން ލިމިޓެޑާއި، ފެލިވަރު ފިޝަރީޒް މޯލްޑިވްސް ލިމިޓެޑާއި، ކޫއްޑޫ ފިޝަރީޒް މޯލްޑިވްސް ލިމިޓެޑާއި، މަޑިވަރު ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑާއި، ގޭން އެއަރޕޯޓް ކޮންޕެނީ ލިމިޓެޑާއި، ވޯކްސް ކޯޕަރޭޝަން ލިމިޓެޑާއި، މޯލްޑިވްސް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑާއި ހަޒާނާ މޯލްޑިވްސް ލިމިޓެޑްގެ އިތުރުން ނޭޝަނަލް އިންވެސްޓްމަންޓް މެނޭޖްމަންޓް ކޯޕަރޭޝަނެވެ.
މިކުންފުނިތައް އުވާލުމަށް ނިންމާ އެކަމާއި ގުޅޭ މަރުހަލާތައް ފަށާފައި މިވަނީ އެކުންފުނިތަކުގެ މަސައްކަތްތައް އެހެން ކުންފުނިތަކަށް ނުވަތަ އައު ކުންފުނިތަކަށް ބަދަލުކުރުމަށްފަހުއެވެ.
ކުންފުންޏެއް އުވާލުމަށް ސަރުކާރުން ނިންމިޔަސް އެކަމަށް ގިނަ ދުވަސްތަކެއް ހޭދަވެއެވެ. އެއީ އެކުންފުނިތަކާއި ގުޅޭގޮތުން ކޯޓެއްގައި ނުވަތަ އެހެންވެސް މުއައްސަސާތަކުގައި ކުރިއަށްދާ މައްސަލަތަކުގެ ސަބަބުންނެވެ.

ކިޔުންތެރިންގެ ހިޔާލު