މާލެ، ވިލިނގިލި، ގުޅީފަޅު އަދި ތިލަފުށި ގުޅުވައިދޭ 67 ކިލޯމީޓަރުގެ ބްރިޖުތަކާއި ކޯޒްވޭ ތަކުގެ މައްޗަށް އެކުލެވޭ "ގްރޭޓާ މާލެ ކަނެކްޓިވިޓީ ޕްރޮޖެކްޓް" މަޝްރޫއަށް މާލޭގެ އިންޑަސްޓްރިއަލް ޒޯނު ހައުސިންގ މިނިސްޓްރީގެ ދަށަށް ބަދަލުކޮށްފިއެވެ.

މާލެ އިންޑަސްޓްރިއަލް ޒޯނު މިވޭތުވެދިޔަ ތަނުގައި ބަލަހައްޓަމުން ގެންދިޔައީ މާލެ ސިޓީ ކައުންސިލުންނެވެ. އަދި ސިޓީ ކައުންސިލުގެ ލޭންޑް ޔޫޒް ޕްލޭނުގައި އެތަނަކީ މާލެ ތެރޭގައި ހުރި ވޯކްޝޮޕްތަކާއި ގަރާޖުތައް ހުންނަ ތަނެއްގެ ގޮތުގައި ވަނީ ކަނއަޅާފައެވެ.

ނަމަވެސް "ގްރޭޓާ މާލެ ކަނެކްޓިވިޓީ ޕްރޮޖެކްޓް" ނުވަތަ ތިލަމާލެ ބްރިޖު މަޝްރޫއުގެ ކޮންސްޓްރަކްޝަން ސައިޓެއްގެ ގޮތުގައި އިންޑަސްޓްރިއަލް ވިލެޖް ބޭނުންކުރުމަށް ސަރުކާރުން ވަނީ ނިންމާފައެވެ. އެހެންކަމުން ހޯމަދުވަހުން ފެށިގެން އިންޑަސްޓްރިއަލް ޒޯނާއި އެ ސަރަހައްދުގެ މަގުތައް ޕްލޭނިން މިނިސްޓްރީގެ ދަށަށް ގެންގޮސްފައިވާކަމަށް ސިޓީ ކައުންސިލުން ބުނެއެވެ.

އިންޑަސްޓްރިއަލް ޒޯނު ހައުސިންގ މިނިސްޓްރީގެ ދަށަށް ގެންގޮސްފައިވާއިރު، އެތަނުގެ މިލްކުވެރިކަމާމެދު ހައުސިންގ މިނިސްޓްރީއާއި ސިޓީ ކައުންސިލް ވަނީ ދެބަސްވުމަކަށް ގޮސްފައެވެ.

މާލެ، ވިލިނގިލި، ގުޅީފަޅު އަދި ތިލަފުށި ގުޅުވައިދޭ 67 ކިލޯމީޓަރުގެ ބްރިޖުތަކާއި ކޯޒްވޭ ތަކުގެ މައްޗަށް އެކުލެވޭ "ގްރޭޓާ މާލެ ކަނެކްޓިވިޓީ ޕްރޮޖެކްޓް" ވެގެންދާނީ މާލެ، ހުޅުލެ، އަދި ހުޅުމާލެ ގުޅީފަޅު ޕޯޓް އަދި ތިލަފުށި އިންޑަސްޓްރިއަލް ޒޯން ގުޅުވައިދޭ ލައިފްލައިން އަކަށް ކަމުގައި ފިނޭންސް މިނިސްޓްރީން ބުނެއެވެ.

ގްރޭޓަރ މާލެ ކަނެކްޓިވިޓީ ބްރިޖު މަޝްރޫއަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ރިޔާސީ ވައުދުތަކުގެ ތެރެއިން ވައުދެކެވެ. އަދި މި މަޝްރޫއަށް އިންޑިއާގެ އެހީ ފޯރުކޮށްދޭނެކަން އިއުލާނު ކޮށްފައިވަނީ ހުސްވި އަހަރުގެ އޮގަސްޓްމަހު އެކްސްޓާނަލް އެފެއާޒް މިނިސްޓަރ ޑރ. ޖެއިޝަންކަރާއި ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު ބޭއްވި ވާޗުއަލް ބައްދަލުވުމުގެ ތެރޭގައެވެ.



ކިޔުންތެރިންގެ ހިޔާލު