ބ. ކުޑަރިކިލު ސިއްޙީ މަރުކަޒުން މާދަމާއިން ފެށިގެން ޑޮކްޓަރެއްގެ ޚިދުމަތް ލިބެންފަށާނެކަމަށް ބ. އަތޮޅު ހޮސްޕިޓަލުން ބުނެފި އެވެ.
ބ. އަތޮޅު ހޮސްޕިޓަލްގެ މެނޭޖަރ ހެލްތް ސާވިސް މުހައްމަދު ރަޝީދު ވިދާޅުވީ ކުޑަރިކިލަށް ޑޮކްޓަރަކު ގެނައުމުގެ މަސައްކަތް މިހާރު ކުރަމުންދާކަމަށެވެ. އަދި އެކަން މާދަމާއިން ފެށިގެން ހައްލުވެގެން ދާނެކަމަށާއި ބޭރުގައުމެއްގެ ޑޮކްޓަރަކު މިއަދުގެ ވަގުތެއްގައި ރާއްޖެ އަންނާނެކަމަށް މުހައްމަދު ރަޝީދު ވިދާޅުވިއެވެ.
ރަޝީދު ވިދާޅުވީ އެ އަތޮޅު ދަރަވަންދުއާއި ތުޅާދުއަކީ ދެޑޮކްޓަރުން ތިބެންޖެހޭ ރަށެއްނަމަވެސް އެރަށްތަކުގައިވެސް މިވަގުތު ހުރީ އެންމެ ޑޮކްޓަރެއްކަމަށެވެ.
ބ. ކުޑަރިކިލުގައި ހޮޑުލުމާއެކު ބޭރަށް ހިންގުމުގެ ރޯގާއެއް ބާރަށް ފެތުރެމުން ދާއިރު އެރަށުގައި ޑޮކްޓަރެއް ނެތުމުން ކުޑަރިކިލު ރައްޔިތުން ނިކުމެ މިއަދު ވަނީ ސިއްހީ މަރުކަޒުގައި ތަޅުއަޅުވާފައެވެ.
މަޢުލޫމާތު ލިބިފައިވާ ގޮތުގައި އެރަށުގައި ޑޮކްޓަރެއް ނެތްތާ މިހާރު ދިހަވަރަކަށް ދުވަސް ވެދާނެއެވެ. އަދި މިވަގުތުވެސް އެރަށުގައި ތިރީހަކަށް މީހުންނަށް މިރޯގާ ވަނީ ޖެހިފައެވެ. ހަމައެއާއެކު އެރަށުގައި ކޮވިޑްވެސް ދަނީ ފެތުރެމުންނެވެ.
އިޙްތިޖާޖް ކުރަމުންދާ ފަރާތްތަކުން ބުނެފައިވަނީ ޑޮކްޓަރެއް ނެތި 10 ދުވަސް ވެގެންދާއިރު ޒިންމާ އުފުލާނެ މީހަކު ނެތުމަކީ ދެރަކަމެއް ކަމަށެވެ. އެ ރަށުގެ ރައްޔިތުން މިހާރު ޑޮކްޓަރަށް ދައްކަނީ އޮންލައިންކޮށް، އައިޖީއެމްއެޗަށެވެ.

ކިޔުންތެރިންގެ ހިޔާލު