ރާއްޖޭގެ ބައެއް ސުކޫލުތަކުގައި ކިޔަވައިދޭ ޓީޗަރުން މޫނު ބުރުގާ ނަގަން އަންގަމުން ގެންދާ ކަމަށް ދީނީ އިލްމްވެރިޔާ އައްޝައިހް އަލީ ޒައިދު ވިދާޅުވެެއްޖެއެވެ.

ދީނީ އިލްމްވެރިޔާ ޝެއިހް އަލީ ޒައިދު ވިދާޅުވީ، މޫނު ބުރުގާ އަޅާ ބައެއް ޓީޗަރުންނަށް މޫނު ބުރުގާ ނަގަން ސުކޫލުތަކުން އަންގަމުން ގެންދާ ކަމުގެ މައުލޫމާތު ލިބެމުންދާ ކަމަށެވެ. އެކަހަލަ ވިޔާނުދާ އަމުރު އެއްވެސް ތަނަކުން ނެރުމަކީ ބަލަައިގަނެވޭނެ ކަމެއް ނޫންކަމަށް ޒައިދު ވިދާޅުވިއެެވެ.



"މުވައްސަސާތަކުގެ ވެރިން މާތްﷲ އަށް ބިރުވެތިވުމަށް ގޮވާލަން. ވެރިކަމަކީ ހިދުކޮޅެއްގެ ކަމެއް އެނގޭތޯ." މި ސަރުކާރު ކޯލިޝަންގައި ހިމެނޭ އަދާލަތު ޕާޓީއަށް ނިސްބަތްވާ އަލީ ޒައިދު ވިދާޅުވިއެެވެ.

މިކަމާ ގުޅިގެން އެޑިއުކޭޝަން މިނިސްޓްރީގެ ބަހެއް އަދި ނުލިބެއެެވެ. މީގެ ކުރިން ވެސް މޫނު ބުރުގާ ނަގަން އެންގި މަައްސަލަތަށް ވަނީ ފެންމަތިވެފައެވެ.



ކިޔުންތެރިންގެ ހިޔާލު