ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ދަންޖައްސާ އަވަހާރަކޮށްލަން ޖެހޭ ކަމަށް ބުނި މައްސަލަ ބަލަމުންދާ ކަމަށް ފުލުހުން ބުނެފިއެެވެ.
ރައީސް ސޯލިހު ދަންޖައްސާ މަރާލަންޖެހޭ ކަމަށް ބުނެ ޝޯޝަލް މީޑިޔާގައި ވާހަކަ ދައްކައިފައިވަނީ އިދިކޮޅު ޕީޕީއެމްގެ ކައުންސިލް މެންބަރު ޒާހިދު ރަމީޒެވެ. ޒާހިދު ރަމީޒު ބުނީ ގައުމަށް ގައްދާރުވުމުން ދުނިޔޭގެ ބޮޑެތި ގައުމުތަކުގައި ކޮށް އުޅޭ ހުކުމަކީ މަރުގެ ހުކުމްކަމަށެވެ. އޭނާ ދެކެން ބޭނުންވަނީ ދެން އަންނަ ވެރިކަމެއްގައި ރައީސް ސޯލިހު ދަންޖައްސާ މަންޒަރުކަމަށް ޒާހިދު ރަމީޒު ބުނެފައިވެއެވެ.
ފުލުހުންގެ އިދާރާއިން ބުނީ، ރައީސް ސޯލިހު ދަންޖައްސަން ގޮވާލި މައްސަލަ އެއިދާރާއިން ބަލަން ފަށާފައި ވާކަމަށެވެ. އެހެން ނަމަވެސް މިކަމާއި ގުޅިގެން އިތުރު މައުލޫމާތެއް ފުލުހުން ހާމައެއް ނުކުރެއެވެ.
ރައީސް ސޯލިިހު ދަންޖައްސަން ޖެހޭ ކަމަށް ޒާހިދު ކުރި ޓުވިޓާއި ގުޅިގެން އޭނާއަށް ފާޑުކިޔުން އަމާޒުވުމުން ޒާހިދު ވަނީ އެކަމަށް ރައްދު ދީފައެވެ. އޭނާ ބުނީ ރައީސް ސޯލިހުު ދަންޖައްސަން ގޮވުމުން އެކަން ބަޔަކަށް ގޯސްވިއިރު، މީގެ ކުރިން ރައީސް ނަޝީދު އިސްވެ ހުންނަވާ ސިޔާސީ މީހުން ދަންޖައްސަން ގޮވި ގޮވުން ގޯސް ނުވުމުން އަޖައިބު ވާކަމަށެވެ.
މީގެ ކުރިން ވެސް ރައީސް ސޯލިޙު ނަރަކައަށް ދާނެ ކަމުގެ ގެރެންޓީ އޮތްކަމަށް ބުނެ ވެސް ޒާހިދު ރަމީޒު ވަނީ ވާހަަކަ ދައްކާފައެވެ.

ކިޔުންތެރިންގެ ހިޔާލު