އެމްޑީޕީގެ އިސްވެރިން އުޅެނީ ރައްޔިތުން "ގުނބޯ" ހައްދަން ކަމަށް ވިދާޅުވެ ޕީއެންސީގެ ނާއިބް ރައީސް މުހައްމަދު ސައީދު އެމްޑީޕީއަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެއެވެ.
މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދު މިހެން ވިދާޅުވީ "އިންޑިއާ އައުޓް" ހަރަކާތް މިހާރު އަމާޒުކޮށްފައި އޮތީ ރާއްޖޭގައި ދިރިއުޅެމުންދާ އަދި މަސައްކަތް ކުރަމުންދާ އިންޑިއާގެ ޚިދުމަތްތެރިންނާއި ދިމާއަށް ކަމަށް ވިދާޅުވެ އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފް ދެއްކެވި ވާހަކައަށް ރައްދުދެއްވަމުންނެވެ.
އެކަމަށްއިޝާރަތް ކުރައްވަމުން ކުރީގެ އިކޮންމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވީ، އެމްޑީޕީގެ އިސްވެރިންނަށް އަދިވެސް ހީވަނީ ބޭނުން ގޮތަކަށް ރައްޔިތުން ގުނބޯ ހެއްދިދާނެ ކަމަށް ކަމަށެވެ.
އިންޑިޔާ ސިފައިން ޖެހޭނީ ރާއްޖެއިން ފައިބަން ކަމަށާއި، އުތުރު ތިލަފަޅުގެ އެއްބަސްވުން ވެސް ޖެހޭނީ ބާތިލް ކުރަން ކަމަށް ސައީދު ވިދާޅުވިއެވެ.
ދިވެހި ބަހުގެ ރަދީފުގައި ބުނާގޮތުން ގުނބޯ ހެއްދުން ނުވަތަ ގުނބޯނެށްޓުމަކީ ހާސިލްނުވާނެ ކަންތައްތަކެއްގެ އުއްމީދު ކުރުވައިގެން ބަޔަކު މީހުން ހައްލައިލައިގެން އެމީހުން ލައްވައި ކަންތައްތަކެއް ކުރުވުމަށެވެ.
"64 ގޮނޑި މަދީތޯ މާބޮޑަށް ހާސްވަނީ." މަޖިލީހުގައި އޮތް އެމްޑީޕީގެ ސުޕަ މެޖޯރިޓީ ފާހަގަކުރައްވަމުން ސައީދު ވިދާޅުވިއެެވެ.
ސައީދު މިހެން ވިދާޅުވެފައިވާއިރު ގޭގޭގެ ފާރުތަކުގައި އިންޑިއާ އައުޓް ޖަހަން ރައީސް ޔާމިން ގޮވާލައްވާފައިވަނިކޮށް ށ. ފުނަދޫގައި ހުންނަ އަތޮޅު މަދަރުސާގެ ފާރުގައި "އިންޑިއާ އައުޓް" ލިޔުނު މައްސަލައެއް މިހާރު ވަނީ ހޫނުވެފައެވެ. އެމައްސަލަ ފުލުހުން މިހާރު ގެންދަނީ ބަލަމުންނެެވެ.
އެކަމާ ގުޅިގެން އެޑިއުކޭޝަން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ "އިންޑިއާ އައުޓް" ހަރަކާތުގެ ތެރެއިން ސްކޫލް ދަރިވަރުން އެއްވެ އުޅޭ ތަންތަނުގައި ބެނާތައް ހަރުކުރުމާއި ސްކޫލް ފާރުތަކުގައި އެ އިބާރާތް ބޭނުންކޮށް ގްރެފިޓީގެ ގޮތުގައި ލިޔެ، ކުރަހަމުން ގެންދިޔުމާއި، އިންޑިއާ ޓީޗަރުންނަށް ބޭރުތެރެއިން ފުރައްސާރަ ކުރުން އިތުރުވެފައިވާ ކަމަށެވެ. އަދި ސްކޫލް ތަކުގައި އިންޑިއާ ޓީޗަރުންނަށް ރައްކާތެރިކަން ކަށަވަރުކޮށްދިނުމަށް އެމީހުން ސްކޫލްތަކުގައި އެދެމުންދާ ކަމަށް ބަޔާނުގައިވެއެވެ.
މިފަދަ އަމަލުތަކުގެ ސަބަބުން އެފަރާތްތަކުން ވަޒީފާ ދޫކޮށްދާން ޖެހޭ ހިސާބަށް ކަންކަން ގޮސް، ސްކޫލްތަކުގެ ކިޔަވައިދިނުމަށް ބޮޑެތި ގެއްލުންތަކެއްވެ، މިކަމުގެ ސަބަބުން ދަރިވަރުންނަށް އިޔާދަނުކުރެވޭ ފަދަ ބޮޑެތި ގެއްލުންތަކާ ކުރިމަތިލާންޖެހިދާނެ ކަމަށް މިނިސްޓްރީން ބުނެފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު