އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ގާނޫނީ ހުސްކަމެއްގެ ތެރޭގައި ބޭއްވުމަކީ ސީރިއަސް މައްސަލައެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ވިލިމާލެ ދާއިރާގެ މެންބަރު އަހްމަދު އުޝާމް ވިދާޅުވެއްޖެއެވެ.
ރައްްޔިތުންގެ މަޖިލީހުން އޭސީސީގެ މެމްބަރުން ވަކިކުރަން މަސައްކަތް ފެށުމުން އެކޮމިޝަންގެ ފަސް މެންބަރުން މަގާމުން އިސްތިއުފާ ދެއްވުމާއި ގުޅިގެން އެކޮމިޝަން ވަނީ ގާނޫނީ ހުސްކަމެއްގެ ތެރޭގައެވެ. އެކޮމިޝަނަށް އާ މެމްބަރުން ހޯދަން މިދިޔަ މަހު އިއުލާންކޮށްފައިވާއިރު ރައީސް އޮފީހުން މިއަދު ނެރުނު އިއުލާނުގައި އެ މުއްދަތު ވަނީ މި މަހުގެ ނިޔަލަށް އިތުރުކޮށްފައެވެ.
އެކަމާ ގުޅިގެން ވިލިމާލޭ ދާއިރާގެ މެމްބަރު އަދި އެމްއެންޕީގެ ނާއިބް ރައީސް އަހުމަދު އުޝާމް ވިދާޅުވީ، އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) މެންބަރުން އައްޔަން ނުކޮށް ލަސް ކުރުމަށް ކުރެވެން އޮތް ކަމެއް ކުރާ މަންޒަރު ފެންނަމުންދާ ކަމަށެވެ.
"މެންބަރުން ވަކިކުރަން ވީމަ ދައުރުން ބޭރު ޖަލްސާ ވެސް ބޭއްވުނު، މެންބަރުން އައްޔަން ކުރަންވީމަ މި ފެންނަނީ އެކަން ލަސް ކުރަން ކުރެވުނުހާ ކަމެއް ކުރާ ތަން." ކުރީގެ ޑެޕިއުޓީ އެޓާނީ ޖެނެރަލްކަން ވެސް ކުރެއްވި އުޝާމް ވިދާޅުވިއެވެ.
އޭސީސީގެ ރައީސަކަށް ހުންނެވި މަރިޔަމް ޝިއުނާއާއި، ނައިބު ރައީސް ފާތިމަތު އަނޫލާއާއި، މެންބަރު އައިޝަތު އަބްދުﷲ ވެސް އިސްތިއުފާ ދެއްވީ އެބޭފުޅުން މަގާމުން ވަކިކުރަން މިނިވަން މުވައްސަސާތަކާބެހޭ ކޮމެޓީން ފާސްކޮށްފައިވަނިކޮށެވެ. އޭގެ ކުރިން މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީން މި މައްސަލަ ބަލަން ފެށުމާއެކު، ކޮމިޝަންގެ މެންބަރު އިބްރާހީމް ޝަކީލާއި އަލީ އަޝްރަފު ވަނީ މަގާމުން އިސްތިއުފާ ދެއްވާފައެވެ.
އޭސީސީގެ މެންބަރުން މަގާމުން ވަކިކުރަން މަޖިލީހުން މަސައްކަތް ފެށީ އެކޮމިޝަންގެ ޕާފޮމެންސް ރިޕޯޓަށް ބެލުމަށްފަހުއެެވެ.
މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަނާއި ދިމާކޮށް ސަރުކާރުން ބަޖެޓް ނުކުރާ މަޝްރޫއުތަކެއް އިއުލާންކޮށް އިންތިޚާބަށް ނުފޫޒު ފޯރުވަން މަސައްކަތްކުރާ ކަމަށް ބުނެ އޭސީސީ ގާނޫނީ ހުސްކަމެއްގެ ތެރޭގައި އޮތުމުން އެމައްސަލަތައް ހުށައަޅާނެ ތަނެއް ނެތް ކަމަށް ބުނެ އިދިކޮޅު ޕީޕިއެމުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.

ACCފަދަ މުހިންމު މުއައްސަސާއެއް ގާނޫނީ ހުސްކަމެއްގެ ތެރޭގައި މިހާގިނަ ދުވަސް ވަންދެން ބޭއްވުން މިއީ ވަރަށް ސީރިއަސް މައްސަލައެއް. މެންބަރުން ވަކިކުރަންވީމަ ދައުރުން ބޭރު ޖަލްސާވެސް ބޭއްވުނު. މެންބަރުން އައްޔަންކުރަންވީމަ މި ފެންނަނީ އެކަން ލަސްކުރަން ކުރެވުނުހާ ކަމެއް ކުރާތަން. https://t.co/YzJSP1OkzC
— Ahmed Usham (@a_usham) January 16, 2022
"މެންބަރުން ވަކިކުރަން ވީމަ ދައުރުން ބޭރު ޖަލްސާ ވެސް ބޭއްވުނު، މެންބަރުން އައްޔަން ކުރަންވީމަ މި ފެންނަނީ އެކަން ލަސް ކުރަން ކުރެވުނުހާ ކަމެއް ކުރާ ތަން." ކުރީގެ ޑެޕިއުޓީ އެޓާނީ ޖެނެރަލްކަން ވެސް ކުރެއްވި އުޝާމް ވިދާޅުވިއެވެ.
އޭސީސީގެ ރައީސަކަށް ހުންނެވި މަރިޔަމް ޝިއުނާއާއި، ނައިބު ރައީސް ފާތިމަތު އަނޫލާއާއި، މެންބަރު އައިޝަތު އަބްދުﷲ ވެސް އިސްތިއުފާ ދެއްވީ އެބޭފުޅުން މަގާމުން ވަކިކުރަން މިނިވަން މުވައްސަސާތަކާބެހޭ ކޮމެޓީން ފާސްކޮށްފައިވަނިކޮށެވެ. އޭގެ ކުރިން މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީން މި މައްސަލަ ބަލަން ފެށުމާއެކު، ކޮމިޝަންގެ މެންބަރު އިބްރާހީމް ޝަކީލާއި އަލީ އަޝްރަފު ވަނީ މަގާމުން އިސްތިއުފާ ދެއްވާފައެވެ.
އޭސީސީގެ މެންބަރުން މަގާމުން ވަކިކުރަން މަޖިލީހުން މަސައްކަތް ފެށީ އެކޮމިޝަންގެ ޕާފޮމެންސް ރިޕޯޓަށް ބެލުމަށްފަހުއެެވެ.
މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަނާއި ދިމާކޮށް ސަރުކާރުން ބަޖެޓް ނުކުރާ މަޝްރޫއުތަކެއް އިއުލާންކޮށް އިންތިޚާބަށް ނުފޫޒު ފޯރުވަން މަސައްކަތްކުރާ ކަމަށް ބުނެ އޭސީސީ ގާނޫނީ ހުސްކަމެއްގެ ތެރޭގައި އޮތުމުން އެމައްސަލަތައް ހުށައަޅާނެ ތަނެއް ނެތް ކަމަށް ބުނެ އިދިކޮޅު ޕީޕިއެމުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.
ކިޔުންތެރިންގެ ހިޔާލު