ކ. ގާފަރުގައި ސަރުކާރުން ގާއިމްކުރި ފެން ޕްލާންޓުން އާންމު ބޭނުންތަކަށް ފެން ދޫކުރަން ފަށައިފިއެވެ.

ސްޓެލްކޯއިން ބުނީ، ‏ކ. ގާފަރުގައި ބަހައްޓާފައިވާ 15 ޓަނުގެ ދެ އާރޯ ޕްލާންޓުން އާންމު ބޭނުންތަކަށް ގާފަރު ރައްޔިތުންނަށް ފެން ދޫކުރަން މިއަދު ފަށާފައިވާ ކަމަށެވެ. އެގޮތުން ގާފަރުގެ ކޮންމެ ރައްޔިތަކަށްވެސް ދުވާލަކު 20 ލީޓަރުގެ ފެން އާންމު ބޭނުންތަކަށް ހިލޭ ދޫކުރެވޭނެ ކަމަށް ސްޓެލްކޯ އިން ބުނެ އެވެ.



ގާފަރުގައި މިވަގުތުގާއިމްކޮށްފައިވާ ފެނުގެ ސިސްޓަަމަކީ ގެތަކަށް ނެޓްވޯކް/ ހޮޅި ގުޅާފައިވާ ސިސްޓަމަކަށް ނުވުމުުން އާންމު ބޭނުންތަކަށް ފެންދޫކުރުމަށް ހަމަޖެހިފައިވަނީ ފެން ޕްލާންޓުގެ ބޭރުގައި ހަރުކޮށްފައިވާ ފެން އިސްކުރުން ކަމަށް ސްޓެލްކޯއިން މައުލޫމާތުދެއެެވެ.

ފެން ދޫކުރުމަށް ހަމަޖެހިފައިވާ ގަޑިއަކީ ކޮންމެ ދުވަހަކުވެސް 16:00 އިން 18:00 އަށެވެ.



ކިޔުންތެރިންގެ ހިޔާލު