މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު އުޅުއްވަނީ ވަރަށް ހުތުރުކޮށް ކަމަށް ވިދާޅުވެ ކޮންމެ ކަމެއް ވެސް އޮންނަ އުސޫލުން ކުރިއަށް ގެންދަން ދަސްކުރެއްވުމަށް އަދާލަތު ޕާޓީގެ އިލްމްވެރިންގެ މަޖިލީހުގެ ނާއިބް ރައީސް ޑރ. މުހައްމަދު އިޔާޒް ގޮވާލައްވައިފިއެވެ.
މަޝްހޫރު ދީނީ އިލްމްވެރިޔާ ޑރ. މުހައްމަދު އިޔާޒް ވިދާޅުވީ އިދިކޮޅު ޕީޕީއެމްގެ އަޣުލަބިއްޔަތު އޮތް މާލޭ ސިޓީކައުންސިލުން ބައެއް ކަންކަމުގައި އަމަލުކުރާ ގޮތުން ސިޓީކައުންސިލަކީ ވަކި ސަރުކާރެއް ހެން ހީވާ ކަމަށެވެ.
ފަހަކަށް އައިސް ސަރުކާރާއި ސިޓީ ކައުންސިލާއި ދެމެދު ވަރަށް ބޮޑަށް ޚިޔާލު ތަފާތުވެފައިވާ މި ދަނޑިވަޅުގައި ޑރ. އިޔާޒް ވިދާޅުވީ އަރަބިއްޔާ ސުކޫލަށް ދިމާވެފައިވާ ޖާގައިގެ މައްސަލައިގެ ދާއިމީ ޙައްލަކަށް މިހާރުގެ ބާޖަމާލުއްދީން ހުރި ގޯތި ތެރޭގައި ޖާގައިގެ ގޮތުން މިހާރަށްވުރެ ތަނަވަސް އައު އިމާރާތެއް އެޅުމަށް ސަރުކާރުން ނިންމުމުން އެތަނުގައި ޕާކެއް ހަދަން މަޝްވަރާ ކުރަން އައުމަށް ސިޓީކައުންސިލުން ފޯނުކޮށް ސަރުކާރުގައި އެދެމުންދާ ކަމަށެވެ.
"ޑރ. މުއިއްޒަށް ބާރެއް ލިބިއްޖެ ކޮންމެ ފަހަރަކު މިގޮތަށް އުޅުއްވީމާ ވަރަށް ހުތުރު، ކޮންމެ ކަމެއްވެސް އެކަން އޮންނަ އުޞޫލުން ގެންދަން ދަސްކުރައްވާ." އަށް އަހަރު ދުވަސް ވަންދެން ހައުސިން މިނިސްޓަރުކަން ކުރެއްވި ޑރ. މުއިއްޒަށް ފާޑުވިދާޅުވަމުން ޑރ. އިޔާޒް ވިދާޅުވިއެވެ.
އަރަބިއްޔާ ސުކޫލަށް ދިމާވެފައިވާ ޖާގައިގެ މައްސަލައިގެ ދާއިމީ ޙައްލަކަށް މިހާރުގެ ބާޖަމާލުއްދީން ހުރި ގޯތި ތެރޭގައި ޖާގައިގެ ގޮތުން މިހާރަށްވުރެ ތަނަވަސް އައު އިމާރާތެއް އެޅުމަށް ސަރުކާރުން ވަނީ ނިންމާފައެވެ. އިދިކޮޅު ޕީޕިއެމްގެ ނާއިބް ރައީސް އަދި މޭޔަރު ޑރ. މުހައްމަދު މުއިއްޒު ހައުސިން މިނިސްޓަރު ކަމުގައި ހުންނެވިއިރު އަމިއްލަފުޅަށް ނިންމެވި ނިންމެވުންތައް ބަދަލު ކުރުމުގެ މަސައްކަތް ވެސް އޭނާ މިހާރު ވަނީ ފައްޓަވާފައެވެ.
އެގޮތުން މިހާރު މައްސަލަ ބޮޑުވެ ސިޓީކައުންސިލުން އަތުލަން މަސައްކަތް ކުރާ ހުޅުމާލެ ބިން ވެސް އެޗްޑީސީއަށް ރަޖިސްޓްރީ ކޮށްދިނީ މުއިއްޒުގެ ވަޒީރު ކަމުގައެވެ. މީގެއިތުރުން މުއިއްޒުގެ ވަޒީރު ކަމުގައި އެމްޕީއެލާއި ހަވާލުކުރި މާލޭ ވިޔަފާރި ބަނދަރު އަތުލުމުގެ މަސައްކަތް ވެސް މިހާރު ވަނީ ފަށާފައެވެ.

.@MaleCitymv އިން ކަންތައް ކުރައްވާ ގޮތުން ހީވަނީ އެއީ މުޅިން ތަފާތު ސަރުކާރެއްހެން. ބާޖަމާލުއްދީން ހުރިބިމުގައި @Arabiyya_School އަށް ސްކޫލެއް ޢިމާރާތް ކޮށްދެއްވާނެކަމުގެ ޔަގީންކަން @ibusolih ދެއްވާފައިވަނިކޮށް އެތަނުގައި ޕާކެއް ހަދާވާހަކަ އާއި…
— Dr.Mohamed Iyaz (@dr_iyaz) January 15, 2022
"ޑރ. މުއިއްޒަށް ބާރެއް ލިބިއްޖެ ކޮންމެ ފަހަރަކު މިގޮތަށް އުޅުއްވީމާ ވަރަށް ހުތުރު، ކޮންމެ ކަމެއްވެސް އެކަން އޮންނަ އުޞޫލުން ގެންދަން ދަސްކުރައްވާ." އަށް އަހަރު ދުވަސް ވަންދެން ހައުސިން މިނިސްޓަރުކަން ކުރެއްވި ޑރ. މުއިއްޒަށް ފާޑުވިދާޅުވަމުން ޑރ. އިޔާޒް ވިދާޅުވިއެވެ.
އަރަބިއްޔާ ސުކޫލަށް ދިމާވެފައިވާ ޖާގައިގެ މައްސަލައިގެ ދާއިމީ ޙައްލަކަށް މިހާރުގެ ބާޖަމާލުއްދީން ހުރި ގޯތި ތެރޭގައި ޖާގައިގެ ގޮތުން މިހާރަށްވުރެ ތަނަވަސް އައު އިމާރާތެއް އެޅުމަށް ސަރުކާރުން ވަނީ ނިންމާފައެވެ. އިދިކޮޅު ޕީޕިއެމްގެ ނާއިބް ރައީސް އަދި މޭޔަރު ޑރ. މުހައްމަދު މުއިއްޒު ހައުސިން މިނިސްޓަރު ކަމުގައި ހުންނެވިއިރު އަމިއްލަފުޅަށް ނިންމެވި ނިންމެވުންތައް ބަދަލު ކުރުމުގެ މަސައްކަތް ވެސް އޭނާ މިހާރު ވަނީ ފައްޓަވާފައެވެ.
އެގޮތުން މިހާރު މައްސަލަ ބޮޑުވެ ސިޓީކައުންސިލުން އަތުލަން މަސައްކަތް ކުރާ ހުޅުމާލެ ބިން ވެސް އެޗްޑީސީއަށް ރަޖިސްޓްރީ ކޮށްދިނީ މުއިއްޒުގެ ވަޒީރު ކަމުގައެވެ. މީގެއިތުރުން މުއިއްޒުގެ ވަޒީރު ކަމުގައި އެމްޕީއެލާއި ހަވާލުކުރި މާލޭ ވިޔަފާރި ބަނދަރު އަތުލުމުގެ މަސައްކަތް ވެސް މިހާރު ވަނީ ފަށާފައެވެ.
ކިޔުންތެރިންގެ ހިޔާލު