ވެކްސިންގެ ދެ ޑޯޒް ފުރިހަމަކޮށްފައިވާ ފަރާތްތަކުން އަވަހަށް ބޫސްޓަރ ޑޯސް ޖެހުމަށް ރައީސުލްޖުމްހުރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު ގޮވާލައްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު މިކަމަށް ގޮވާލެއްވީ ކޯވިޑުން ރައްކާތެރިވުމަށްޓަކައި ކުރިއަށްގެންދާ ވެކްސިން ޕްރޮގްރާމުގެ ދަށުން ޢާއްމުކޮށް ހުޅުވާލައިގެން ކޯވިޑް ވެކްސިންގެ ބޫސްޓަރ ޑޯޒް ޖަހަން މިއަދު ފެށުމާއި ގުޅިގެނެވެ.

ރައީސް ސާލިހު މިއަދު ވިދާޅުވީ މިހާރު ފެތުރެމުންދާ އޮމިކްރޯނާ ދެކޮޅަށް އޮތް އެންމެ ބޮޑު ހަތިޔާރަކީ ވެކްސިން ޖެހުންކަމަށެވެ. އަދި މިއަދު ބޫސްޓަރ ވެކްސިން ޑޯޒް ޖެހުމުގެ މަސައްކަތް ފަށާފައިވާއިރު، ވެކްސިންގެ ދެ ޑޯޒް ފުރިހަމަކޮށްފައިވާ ފަރާތްތަކުން އަވަހަށް ބޫސްޓަރ ޑޯޒް ޖެހުމަށް ރައީސުލްޖުމްހުރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު އިލްތިމާސްކުރެއްވިއެވެ.



ވެކްސިންގެ ބޫސްޓަރ ޑޯޒް ޖަހައިދެމުންދަނީ ދަމަނަވެއްޓާއި ހުޅުމާލޭ ހޮސްޕިޓަލާއި ސެނަހިޔާ ހޮސްޕިޓަލާއި ދަރުބާރުގެއިންނެވެ. މިހާރުވެސް އޮންނަގޮތަށް ވެކްސިން ޖަހައިދެނީ އެޕޮެއިންޓްމަންޓް ހައްދައިގެންނެވެ.

މުޅި ރާއްޖެއަށް ހުޅުވާލައިގެން ކުރިއަށްގެންދާ ވެކްސިން ޕްރޮގްރާމްގެ ދަށުން ވެކްސިން ޖަހަންޖެހޭ އާބާދީއަށް ނިސްބަތްވާ ހުރިހާ މީހުން ވެކްސިން ޖެހުމަށް އެޗްޕީއޭއިން އިލްތިމާސްކުރެއެވެ.



ކިޔުންތެރިންގެ ހިޔާލު