ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓްގައި މަސައްކަތްކުރާ ފަތުރުވެރިންނަށް ހިދުމަތްދޭ އެއާޕޯޓް ރެޕުންނަށް ކޯވިޑް ބޫސްޓަރ ޑޯޒް ޖެހޭނެ ފަސޭހަ އިންތިޒާމްތަކެއް ސަރުކާރުން ހަމަޖައްސައިދީފިއެވެ.
ކޯވިޑް ވެކްސިންގެ 2 ޑޯސް ފުރިހަމަކޮށްފައިވާ ފަރާތްތަކަށް ބޫސްޓަރ ޑޯޒް ޖަހަން މިއަދު ފަށާފައިވާއިރު، ޓޫރިޒަމް މިނިސްޓްރީން ބުނީ ރިސޯޓްތަކުގެ ފަރާތުން އެއަރޕޯޓްގައި ހަރަކާތްތެރިވާ ރެޕުންނަށް ކޯވިޑްގެ ބޫސްޓަރ ޑޯޒް ޖެހޭނެ ފަސޭހަ އިންތިޒާމްތަކެއް އެމްއޭސީއެލުން ހަމަޖައްސާފައިވާކަމަށެވެ.
އެގޮތުން ހެނދުނު 9:00 އިން 11:00 އަށް އެއަރޕޯޓްގެ ރެކްރިއޭޝަނަލް ސެންޓަރުން ވެކްސިން ޖެހޭނެކަމަށާއި، ވެކްސިން ޖަހަން އަންނައިރު އެއަރޕޯޓް ރެޕެއްކަން އަންގައިދޭ ކާޑާއި، އައިޑީ ކާޑާއި، ވެކްސިން ކާޑު ގެންނަންޖެހޭކަމަށް މިނިސްޓްރީން ބުނެއެވެ. އަދި ކޮންމެ ދުވަހަކުވެސް ވެކްސިން ޖަހާދޭނީ އެދުވަހަށް ކަނޑައަޅާފައިވާ އެއަރޕޯޓް ރެޕުންނަށްކަމަށްވެސް އެމްއޭސީއެލުން ބުނެއެވެ.
އެއަރޕޯޓް ރެޕުންގެ އިތުރުން އެއަރޕޯޓްގައި މަސައްކަތްކުރާ މުވައްޒަފުންނަށްވެސް ފަސޭހައިން ވެކްސިން ޖެހޭނެ އިންތިޒާމްވެސް ހަމަޖައްސާފައިވާކަމަށް އެމްއޭސީއެލުން ބުނެއެވެ.
ރާއްޖޭގައި މިއަދު ބޫސްޓަރ ޑޯޒް ޖެހުމަށް ފަށާފައިވާއިރު، ކޯވިޑް-19ގެ ވެކްސިނެއްގެ 2 ޑޯޒް ފުރިހަމަކޮށް 6 މަސް ވެފައިވާ 18 އަހަރުން މަތީގެ އެންމެންނަށް ކޯވިޑް-19 ވެކްސިންގެ ބޫސްޓަރ ޑޯޒް ޖެހޭނެއެވެ.
ބޫސްޓަރ ޑޯޒްގެ ގޮތުގައި ދޭން ނިންމާފައިވަނީ ފައިޒަރ ވެކްސިނެވެ.

ކިޔުންތެރިންގެ ހިޔާލު