ކެރީބިއަންގެ ގައުމެއްކަމަށްވާ ހެއިޓީގައި އަނިޔާވެރިގޮތަކަށް 2 ނޫސްވެރިޔަކު މަރާލައިފިއެވެ.

ހަބަރުތައް ބުނާގޮތުން ހެއިޓީގެ ވެރިކަންކުރާ ޕޮއެޓެޕްރިންސް ސިޓީގައި އިއްޔެ 2 ނޫސްވެރިން މަރާލާފައިވަނީ ދިރި ހުއްޓާ އަންދާލައިގެނެވެ. އަދި 3 ވަނަ ނޫސްވެރިޔަކު ވަނީ އެސަރަހައްދުން ސަލާމަތްވެގެން ފިލާފައެވެ.


ނޫސްވެރިން މަރާލާފައިވަނީ އެގައުމުގައި ހަރަކާތްތެރިވާ ގޭންގަކުންނެވެ. ނަމަވެސް މަރާލި ސީދާ ސަބަބެއް ނޭނގެއެވެ. ބައެއް ހަބަރުތައް ބުނާގޮތުން ނޫސްވެރިން އަންދާލުމުގެ އިތުރުން، އެމީހުން ގަޔަށް ބަޑިވެސް ވަނީ ޖަހާފައެވެ.

ހެއިޓީގެ ރޭޑިއޯ ޗެނަލަކުން ބުނީ މަރާލި ނޫސްވެރިންގެ ތެރޭގައި އެސްޓޭޝަންގެ ނޫސްވެރިޔަކު ހިމެނޭކަމަށެވެ. އަދި އޭނާ އެސަރަހައްދުގައި ހަރަކާތްތެރިވަމުން ދިޔައީ އެސަރަހައްދުގެ ސަލާމަތާއި ރައްކާތެރިކަމާއި ބެހޭގޮތުން ރިޕޯޓެއް ތައްޔާރުކުރުމަށް ކަމަށް އެ ސްޓޭޝަނުން ބުނެއެވެ.

މިދިޔަ ޖުލައިމަހު ހެއިޓީގެ ރައީސްކަމުގަަައި ހުންނެވި ޖޯވެނެލް މޮއިސްވެސްް ވަނީ އޭނާގެ ގެކޮޅުގައި ހުންނަވަނިކޮށް އަވަހާރަކޮށްލާފައެވެ.

ހެއިޓީގައި ކުށްކުރުން އިތުރުވެފައިވާއިރު، އެގައުމުގައި ހަރަކާތްތެރިވާ ގޭންގުތަކުގެ މެދުގައި ބޮޑެތި ހަނގުރާމަތައް ދަނީ ހިނގަމުންނެވެ. އަދި އެކަމުގެ ސަބަބުން އެމެރިކާ ސަރަހައްދުގެ އެންމެ ފަގީރު ގައުމުކަމުގައިވާ ހެއިޓީ ދޫކޮށް އެތައް ހާސް ބަޔަކު ދަނީ އެހެން ތަންތަނަށް ހިޖުރަކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު