ބޮލީވުޑްގެ ކާމިޔާބު ބަތަލާ އަނުޝްކާ ޝަރްމާ، ތިން އަހަރުގެ ބްރޭކަކަށްފަހު ފިލްމީ މަސައްކަތަށް ނުކުންނަން ނިންމައިފިއެވެ.

އެގޮތުން މިއަހަރު ތެރޭގައި ތިން ފިލްމެއްގެ މަސައްކަތް ފެށުމަށް އަނުޝްކާ ނިންމައިފައިވާކަމަށް އިންޑިއާގެ ނޫސްތަކުން ވަނީ ރިޕޯޓުކޮށްފައެވެ. އަދި މީގެތެރެއިން އެއްފިލްމު ރިލީޒް ކުރެވޭނީ ޑިޖިޓަލް ޕްލެޓްފޯމެއްގައިކަމަށް ވެއެވެ.

އަނުޝްކާ އެންމެ ފަހުން ފެނިގެން ގޮސްފައިވަނީ 2018 ވަނަ އަހަރު ރިލީޒް ކުރި ހިންދީ ފިލްމު ޒީރޯ އިންނެވެ. މިފިލްމުގައި އޭނާ ފެނިގެންގޮސްފައިވަނީ ޝާހްރުކް ޚާން އަދި ކެޓްރީނާ ކައިފާއެކުއެވެ.

މިދިޔަ ތިން އަހަރު ދުވަހުގެ ތެރޭގައި ކެމެރާ ކުރިމަތިން އެކްޓަރެއްގެ ގޮތުން ފެނިގެން ނުދިޔަޔަސް، ކެމެރާގެ ފަހަތުންވެސް އަނުޝްކާ ވަނީ އޭނާގެ ހުނަރުވެރިކަން ދައްކާލާފައެވެ. އެގޮތުން 2020 ވަނަ އަހަރު ރިލީޒްކުރި ވެބް ސީރީޒް "ޕާތަކް ލޮކް"، އަދި ހަމަ އެއަހަރު ނެޓްފްލިކްސް ގައި ރިލީޒްކޮށްފައިވާ ހިންދީ ފިލްމު "ބުލްބުލް" ޕްރޮޑިއުސްކުރުމުގައި އަނުޝްކާ ވަނީ ހަރަކާތްތެރިވެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން