ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް
ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް
ކޯވިޑް-19 އާއި ގުޅިގެން އަޅުގަނޑުމެންނާ ކުރިމަތި މިވީ ހާލަތަކީ، ފަހަށް ރައްކާކުރުމުގެ އާދައަށް އަހުލުވެރިވާން ލިބުނު ވަގުތުކޮޅެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިޙް ވިދާޅުވެއްޖެ އެވެ.

މިރޭ ގައުމާ މުހާތަބު ކުރައްވައި ވާހަކަފުޅުދައްކަވަމުން ރައީސް ޞާލިޙް ވިދާޅުވީ މި ދަނޑިވަޅުގައި ނުރަނގަޅު އެތައް ކަމެއް ހިނގަމުންދާ ކަމަށާއި މިއީ އެކަންކަން އިސްލާހު ކުރަން ލިބޭ ފުރުސަތެއް ކަމަށް ބަލަން ޖެހޭ ކަމަށެވެ.

އެގޮތުން ރައީސް ވިދާޅުވީ މި ދަނޑިވަޅަކީ މުޅި އިގުތިސާދު އާރާސްތުކުރުމުގެ އިތުރުން ފަހަށް ރައްކާ ކުރުމުގެ އާދައަށް އަހުލުވެރިވުމަށް ލިބޭ ވަރަށް މުހިއްމު ވަގުތު ކޮޅެއް ކަމަށެވެ.

"ނުރަނގަޅު އެތައް ކަމެއްވެސް ހިނގަމުން އެބަދޭ. މިއީ އެކަންކަން އިޞްލާޙްކުރުމަށް ލިބޭ ފުރުޞަތެއް ކަމުގައި ދެކި، މިއީ ތިމާވެއްޓާ ރަޙްމަތްތެރި ގޮތަކަށް ދިރިއުޅުން ބައްޓަންކުރުމާއި، ބިދޭސީ މަސައްކަތްތެރިންގެ ދިރިއުޅުމުގެ ޙާލަތު ރަނގަޅު ކުރުމަށް އިސްނަގަން ވަރަށް އެކަށޭނަ ވަގުތެއް." ރައީސް ޞާލިޙް ވިދާޅުވިއެވެ.

ކޯވިޑް-19 ގެ ސަބަބުން ރާއްޖޭގައި އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނު ކޮށްފައިވާއިރު، މި ބަލި ކޮމިއުނިޓީ ސްޕްރެޑަކަށް ދިއުމުގެ ސަބަބުން މާލެ ސިޓީ ލޮކްޑައުންގައި އޮންނަތާ މިހާރު މިވަނީ 30 ދުވަހަށް ވުރެ ގިނަ ދުވަސް ވެފައެވެ. އަދި ލޮކްޑައުންގެ ސަބަބުން އެންމެންގެ އާންމު ދިރިއުޅުމުގައި ގެންގުޅޭ ގިނަ އާދަތަކެއް މިވަނީ ބަދަލު ކުރަން ޖެހިފައެވެ.

ރާއްޖެއިން މިބައްޔަށް ޕޮޒިޓިވްވެފައިވާ ގިނަ މީހުންނަކީ ކުދިކުދި ތަންތަންކޮޅުގައި ތޮއްޖެހިގެން ދިރިއުޅެމުންދިޔަ ބިދޭސީންނެވެ. ސަރުކާރުން މިހާރު ވަނީ އެފަދަ ފަރާތްތައް ވަގުތީ ބޯހިޔާވަހިކަމަށް ބަދަލުކުރުމުގެ މަސައްކަތް ފަށާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން