ކޯވިޑް-19 އަށް މާލެ ލޮކްޑައުން ކުރުމުން މަގުމަތީގައި އުޅޭ ބަޔަކަށް ފުލުހުން އެހީވަނީ
ކޯވިޑް-19 އަށް މާލެ ލޮކްޑައުން ކުރުމުން މަގުމަތީގައި އުޅޭ ބަޔަކަށް ފުލުހުން އެހީވަނީ
ރާއްޖެ ކޯވިޑް-19ގެ ބަލިމަޑުކަމުން އަރައިގަތުމުން ފަގީރުންގެ ދަފުތަރުގައި ރަޖިސްޓްރީވުމުގެ ފުރުސަތު އަލުން ހުޅުވާލާނެ ކަމަށް އިސްލާމިކް މިނިސްޓްރީއިން ބުނެފިއެވެ.

ޢިސްލާމިކް މިނިސްޓްރީން ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ، މިހާރު އެކުލަވާލައިފައިވާ ފަގީރުންގެ ދަފުތަރާއި ޒަކާތުގެ ފައިސާ ހަރަދުކުރެވޭ ގޮތާއި ގުޅިގެން މީޑިޔާގެ އެކި ވަސީލަތްތަކުގައި ހަގީގަތާއި ޚިލާފު ދޮގު ވާހަކަތަށް ފެތުރުމަކީ އެ މިނިސްޓްރީ އިން ކަންބޮޑުވާ ކަމަށެވެ. ޢަދި އެކަން ހަރުކަށި އިބާރާތުން ކުށްވެރި ކުރާ ކަމަށް މިނިސްޓްރީގެ ބަޔާނުގައި ބުނެފައިވެއެވެ.

މިހާރު އެކުލަވާލައިފައިވާ ފަގީރުންގެ ދަފުތަރަކީ ފަހުގެ ތާރިޚެއްގައި އެކުލަވާލައިފައިވާ ދަފުތަރެއް ކަމަށާއި، މީގެ ކުރިން ވެސް ދަފުތަރު އެން އަހަރެެއްގައި ދެ ފަހަރު މުރާޖަޢާކޮށްފައި ނުވާ ކަމަށް އިސްލާމިކް މިނިސްޓްރީ އިން ބުނެފައިވެއެވެ.

ރާއްޖެއަށް ކުރިމަތިވެފައިވާ ބަލިމަޑު ކަމުގެ ތެރޭގައި ފަގީރުންނާއި މިސްކީނުންގެ ދަފްތަރުގައި ރަޖިސްޓްރީ ވާން އަލުން ހުޅުވާނުލީ ރަޖިސްޓްރީ ވާންޖެހޭ ފަރާތްތަކުން ފުރިހަމަ ކުރަންޖެހޭ މައުލޫމާތާއި ލިޔެކިޔުންތަށް ފުރިހަމަކޮށް ހުށައެޅުމުގައި ހުރި ދަތިތަކާއެކު އެ ފަރާތްތަކަށް ހަމަހަމަ ފުރުސަތު ނުލިބިދާނެ ކަމަށް ބެލުމަށްފަހުގައި ކަމަށް އިސްލާމިކް މިނިސްޓްރީގެ ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.

" މާތް ﷲ އިރާދަފުޅާ ހެއު ރަހުމަތުން މިހާލަތުން އަރައިގަނެވުނުހާ އަވަހަކަށް ދަފުތަރުގައި ރަޖިސްޓްރީ ވުމުގެ ފުރުސަތު ހުޅުވާލާނެ ކަމުގައި ދަންނަވަމެވެ." ބަޔާނުގައިވެ އެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ ޒަކާތަށް ލިބޭ ފައިސާ ފަގީރުންނާއި މިސްކީނުންނާއި އޭގެ ހަައްގުވެރިންނަށް ބެހޭނެގޮތަށް ކަންކަން ރާވައި ހިސާބުތަށް ރަނގަޅަށް ބެލެހެއްޓުމަށް ގިނަ މަސައްކަތްތަކެއް މިހާރު ވެސް ކުރަމުންދާ ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު


6

ައަޝްރަފް

21-May-2020

ހުރިހާ ބަންގްލަދޭޝް ބޭފުޅުން ނޯޓްކުރައްވަންވީ ނޫންތޯ ތިޔަ ލިސްޓްގަ


-17

މަރީ

21-May-2020

މި ވަގުތު ވަރަށް ގިނަ މީހުންގެ ހާލަތު މިވަނީ ނިކަމެތިވެފައި. އެހެންކަމުން މި އަހަރުގެ ފިތުރު ޒަކާތުން ދޭންޖެހޭނީ ފޯމެއް އަކުން ފުރިހަމަކޮށް އީ ލިސްޓް އެކުލަވައިގެން. ވަރަށް ބޮޑު ފާފައެއް ތި ކުރެވެނީ. ހައްޖުވެރިން ތިއްބަ ވަކި ބަޔަކަށް ތި ފައިސާ ދޭން



ޓްރެންޑިން