ކޯވިޑް-19 ގެ މަސައްކަތް ތަކުގައި އެންމެ ކުރީ ސަފުގައި ހަރަކާތްތެރިވާ ބައެއް ބޭފުޅުން
ކޯވިޑް-19 ގެ މަސައްކަތް ތަކުގައި އެންމެ ކުރީ ސަފުގައި ހަރަކާތްތެރިވާ ބައެއް ބޭފުޅުން
ރާއްޖެއިން ކޯވިޑް-19 އަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން އިތުރު ފަސް މީހަކު ބަލިން ރަނގަޅުވެއްޖެއެވެ.

ކޯވިޑް-19 އާއި ގުޅޭ މައުލޫމާތު ހިއްސާކުރުމަށް ހާއްސަކޮށްފައިވާ އެޗްޕީއޭގެ ޑޭޝްބޯޑު ގައިވާ ގޮތުން މި ފަސް މީހުންނާއެކު ރާއްޖެއިން މި ބަލިން ރަނގަޅުވި މީހުންގެ އަދަދު މިހާރު ވަނީ 91 އަށް އަރާފައެވެ.

ރާއްޖެއިން މި ބަލިން ރަނގަޅުވި މީހުންގެ ތެރޭގައި ގިނައިން ހިމެނެނީ ދިވެހިންނެވެ.

ރާއްޖެއިން މި ބަލި ޖެހުނު މީހުންގެ ޢަދަދު މިހާރު ވަނީ 1143 އަށް އަރާފައެވެ. 91 މީހަކު ބަލިން ރަނގަޅުވެފައިވާއިރު، 13 މީހަކަށް އަންނަނީ ހޮސްޕިޓަލުގައި ފަރުވާ ދެމުންނެވެ. އަދި ހަތަރު މީހަކު ވަނީ މަރުވެފައެވެ. މަރުވެފައިވާ މީހުންގެ ތެރޭގައި ހިމެނެނީ ތިން ދިވެހިންނާއި ބިދޭސީ އެކެވެ.

މާލެއިން ޕޮޒިޓިވްވާ މީހުންގެ އަދަދު އިތުރުވަމުންދާއިރު، ކުރިއަށް މިއޮތް ހަފުތާގެ ތެރޭގައި، މާލޭގައި ކޯވިޑް-19 ގެ ބަލީގެ ޙާލަތު، މިހާރަށް ވުރެ މައްޗަށް ދިޔުން އެކަށީގެންވާ ކަމަށް ސިއްހީ ތަޖުރިބާކާރުން ބުނެއެވެ. ނަމަވެސް ކުރިން އަންދާޒާކުރި ސާޖު ނުފެންނަ ކަމަށް ސިއްހީ މާހިރުން ވަނީ ވިދާޅުވެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން