ކްރިމިނަލް ކޯޓް- ދަށުކޯޓުތަކުގެ ގާޒީންނާއި މެޖިސްޓްރޭޓުންގެ މުސާރަތައް ކުޑަކުރަން ވަނީ ނިންމާފަ (ރަސް ފޮޓޯ - ޝާހް)
ކްރިމިނަލް ކޯޓް- ދަށުކޯޓުތަކުގެ ގާޒީންނާއި މެޖިސްޓްރޭޓުންގެ މުސާރަތައް ކުޑަކުރަން ވަނީ ނިންމާފަ (ރަސް ފޮޓޯ - ޝާހް)
ދަށު ކޯޓުތަކުގެ ގާޒީންނާއި މެޖިސްޓްރޭޓުންގެ މުސާރައިން އުނިކުރަން ޖެހޭ އަދަދު ކަނޑައަޅައި ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން ފާސްކޮށްފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން ރޭ ބޭއްވި އެކޮމިޓީގެ ބައްދަލުވުމުގައި، އެއަދަދުތައް ފާސް ކުރީ، މަޖިލީހުން ކަނޑައަޅާ މުސާރަތައް 35 ޕަސެންޓާ ހަމަޔަށް އުނިކޮށްފައި ވަނިކޮށް، އެކަން އަލުން މުރާޖައާކުރުމަށް މަޖިލީހުގެ އިދާރާއިން ކޮމިޓީއަށް ހުށަހެޅުމުންނެވެ.

މަޖިލީހުގެ އިދާރާއިން އެކަން މުރާޖައާކުރަން ހުށަހެޅީ، މުސާރަތައް ޕަސެންޓުން އުނިކުރަން ނިންމުމުން، ޝަރުއީ ދާއިރާގެ ކޯޓުތަކުގެ ގާޒީންނާއި މެޖިސްޓްރޭޓުންނަށް ލިބޭ ފައިސާގެ އަދަދަށް ބަލާއިރު، މަގާމުގެ ގޮތުންނާއި މަސްއޫލިއްޔަތުގެ ގޮތުން ބަލާއިރު މަސްއޫލިއްޔަތު މާ ކުޑަ ފަރާތްތަކުގެ މުސާރައަށްވުރެ އެމީހުންގެ މުސާރަތައް މާ ދަށްވެފައި ވާތީ އެކަަމަށް ހައްލެއް ގެންނާނެ ގޮތްތަކެއް ޑީޖޭއޭއިން މަޖިލީހަށް ހުށަހެޅުމުންނެވެ.

އެގޮތުން ކޮމިޓީީން ރޭ ފާސްކޮށްފައިވަނީ، ކްރމިނަލް ކޯޓުގެ އިސް ގާޒީގެ މުސާރައިން 7100 ރުފިޔާ އުނިކޮށް، އެ ކޯޓުގެ އެހެނިހެން ގާޒީންގެ މުސާރައިން 6300 ރުފިޔާ އުނިކުރުމަށެވެ. އަދި ޑްރަގް ކޯޓުގެ އިސް ގާޒީންގެ މުސާރައިން 8600 ރުފިޔާ އުނި ކުރުމަށާއި، އެ ކޯޓުގެ އެހެން ގާޒީންގެ މުސާރައިން 7800 ރުފިޔާ އުނިކުރަންވެސް ވަނީ ފާސްކޮށްފައެވެ.

ސިވިލްކޯޓުގެ އިސް ގާޒީ އާއި ޖުވެނައިލް ކޯޓުގެ އިސް ގާޒީގެ މުސާރައިން 6950 ރުފިޔާ، އެ ދެ ކޯޓުގެ އެހެނިހެން ގާޒީންގެ މުސާރައިން 6150 ރުފިޔާ އުނިކުރަން ވަނީ ފާސްކޮށްފައެވެ. އަދި ފެމިލީ ކޯޓުގެ އިސް ގާޒީގެ މުސާރައިން 6950، އެ ކޯޓުގެ އެހެނިހެން ގާޒީިންގެ މުސާރައިން 6650 ރުފިޔާ އުނިކުރަންވެސް ވަނީ ފާސްކޮށްފައެވެ.

މީގެ އިތުރުން މެޖިސްޓްރޭޓު ކޯޓުތަކުގެ ދާއިރާގެ ތެރެއިން، އިސް މެޖިސްޓްރޭޓުގެ މުސާރައިން 4500 ރުފިޔާ އަދި ކޯޓުތަކުގެ އިސް މެޖިސްޓްރޭޓުންގެ މުސާރައިން 2150 ރުފިޔާ އުނިކުރަން ވަނީ ފާސްކޮށްފައެވެ.

ޝަރުއީ ދާއިރާ ފިޔަވައި މަޖިލީހުން ކަނޑައަޅާ މުސާރަތަކުގެ ތެރެއިން، 20،001 ރުފިޔާއިން، 30،000 ރުފިޔާއާ ދެމެދުގެ މުސާރަތަކުން 20 ޕަސެންޓް، 30،001 އިން ފެށިގެން 60،000 ރުފިޔާއާ ދެމެދުގެ މުސާރަތަކުން 30 ޕަސެންޓް، އަދި 60،001 ރުފިޔާއަށްވުރެ މަތީގެ މުސާރަތަކުން 35 ޕަސެންޓް އުނިކުރަން ވެސް ރޭ މާލިއްޔަތު ކޮމިޓީން ވަނީ ފާސްކޮށްފައެެވެ.

މި ހުރިހާ މުސާރަތަކެއް އުނިކުރަން ފާސްކޮށްފައިވަނީ މި މެއި މަހުން ފެށިގެން 3 މަސް ދުވަހުގެ މުއްދަތަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން