ކޮންމެ އަންހެން ކުއްޖަކަށްމެ ރައްކާތެރިކަމާއި، ޤަދަރާއި، އަދި ކުރިއަރައިދިއުމުގެ ބާރުވެރިކަން ލިބިގެންވާ މާޙައުލެއް ބިނާކުރުމަށްޓަކައި އެންމެހައި ޢާއިލާތަކާއި، މުޖުތަމަޢުތަކާއި، މުއައްސަސާތަކުން ގުޅިގެން މަސައްކަތްކުރުމަށް ރައީސް މުޙައްމަދު މުޢިއްޒު އިލްތިމާސްކުރައްވައިފިއެވެ.
އެމަނިކުފާނު މިކަމަށް އިލްތިމާސްކުރެއްވީ ބައިނަލްއަޤްވާމީ އަންހެން ކުދިންގެ ދުވަހުގެ މުނާސަބަތުގައި ދެއްވި މެސެޖެއްގައެވެ. ރައީސް މުޢިއްޒު މިއަދު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އަންހެން ކުދިންނަށް އިސްކަންދިނުމުގެ ޢަޒުމް އަލާކުރަންވީ ހަމައެކަނި ގެއްލުންހުރި އާދަކާދަތަކުން އެކުދިން ރައްކާތެރިކުރުމުން އެކަނި ނޫން ކަމަށާއި، އެކުދިންގެ ފުރިހަމަ ޤާބިލުކަމަށް ވާސިލުވުމަށް ބޭނުންވާ ފުރުޞަތުތަކާއި އެހީތެރިކަން ކަށަވަރުކޮށްދީގެން ކަމަށެވެ.
ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމުގެ ޤާނޫނު (19/2019) ގެ ދަށުން ޤާނޫނީ ވަރުގަދަ ރައްކާތެރިކަމެއް ފޯރުކޮށްދީ، އަންހެން ކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމަށް ދިވެހިން ހޯދާފައިވާ ބޮޑެތި ކުރިއެރުންތަކާމެދު ދިވެހިންގެ ހައިސިއްޔަތުން ފަޚުރުވެރިވެވޭނެކަން ރައީސް ފާހަގަކުރެއްވިއެވެ.
މީގެއިތުރުން، މި ސަރުކާރުން ކޮންމެ ކުއްޖަކަށްމެ އަޅާލާ މުޖުތަމަޢެއް ބިނާކުރުމަށް ދެމިއޮތްކަން ހާމަކުރައްވަމުން، ސަރުކާރުގެ މުހިންމު ވައުދުތަކުގެ ތެރޭގައި ހިމެނޭ ކަންކަން ރައީސް އަލިއަޅުވާލެއްވިއެވެ. މީގެ ތެރޭގައި
އެކަނިވެރި މައިންނާއި ބަފައިންނަށް ދޭ އެލަވަންސް ބޮޑުކުރުމާއި "ކޮންމެ ކުއްޖަކަށް ޢާއިލާއެއް" ޕްރޮގްރާމް ތަންފީޒުކުރުމާއި ރާއްޖޭގެ ރަށްތަކުގައި އިޖުތިމާޢީ ރައްކާތެރިކަމުގެ ފުރިހަމަ ނިޒާމެއް ޤާއިމުކުރުމުގެ އިތުރުން އެހީތެރިކަން ބޭނުންވާ ކުދިން ބަލަހައްޓާ މަރުކަޒުތަކުގެ ޚިދުމަތްތައް މަތީ ފެންވަރަކަށް ހެދުން ހިމެނޭކަން ރައީސް ފާހަގަކުރެއްވިއެވެ. ރައީސް މުޢިއްޒު ވިދާޅުވީ، މި ފިޔަވަޅުތަކުގެ މައިގަނޑު މަޤްޞަދަކީ ޢާއިލާތަކަށް އެހީތެރިކަން ފޯރުކޮށްދިނުމާއި، ނާޒުކު ޙާލަތްތަކުގައިވާ ކުދިން ރައްކާތެރިކުރުމުގެ އިތުރުން އަނިޔާގެ ޝިކާރަޔަކަށްވާ ކުދިންނަށް ބޭނުންވާ އަސާސީ ޚިދުމަތްތައް ވަގުތުން ވަގުތަށް ލިބޭނެ ގޮތް ކަށަވަރުކޮށްދިނުން ކަމަށެވެ.
އަދި ސަރުކާރުން މިއަހަރުގެ ސެޕްޓެމްބަރު 3 ގައި ފާސްކޮށްފައިވާ "ކުޑަކުދިންނަށް ކުރާ އަނިޔާ ހުއްޓުވުމާއި އެކަމަށް އިޖާބަދިނުމުގެ ޤައުމީ ޢަމަލީ ޕްލޭން 2024–2028" އަކީ އަންހެން ކުދިންނާއި އެންމެހައި ކުޑަކުދިންނަށް ކުރާ އަނިޔާ ހުއްޓުވުމަށް އެކުލަވާލެވިފައިވާ ފުރިހަމަ އުސޫލެއްކަން ރައީސް ފާހަގަކުރެއްވިއެވެ. މީގެއިތުރުން ޤައުމީ ތަރައްޤީގެ ޕްލޭންގެ ތެރޭގައިވެސް ކުޑަކުދިން ރައްކާތެރިކުރުން ހިމަނާފައިވާކަން އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސްގެ މެސެޖް ނިއްމާލައްވަމުން އެމަނިކުފާނު ވަނީ، އަންހެން ކުދިންނަށް ރައްކާތެރި މާޙައުލެއް އުފެއްދުމަކީ އެންމެންގެ މަސްއޫލިއްޔަތެއްކަން ހަނދާންކޮށްދެއްވައި، ކޮންމެ ކުއްޖަކަށްވެސް ރައްކާތެރިކަމާއި، ލޯތްބާއި، އަދި އަޅާލުން ލިބިގެންވާ ޤައުމެއް ބިނާކުރުމަށް އެންމެން ގުޅިގެން މަސައްކަތްކުރުމަށް ގޮވާލައްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު