ށ. ބިލެތްފަހީ ސްކޫލުގައި އަލަށް ތަރައްޤީކުރާ 4 ކްލާސްރޫމާއި މަލްޓިޕާޕަސް ހޯލުގެ ޢަމަލީ މަސައްކަތްތައް ހަލުވި ދުވެއްޔެއްގައި ކުރިއަށްދާ ކަމަށް އެ މަޝްރޫޢުގެ ކޮންޓްރެކްޓަރ، މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން ހާމަކޮށްފިއެވެ.
މި މަޝްރޫޢުގެ އެންމެ ފަހުގެ މަޢުލޫމާތު ހިއްސާކުރަމުން އެމްޓީސީސީން ބުނީ، އިމާރާތުގެ ބިންގަލުގެ މަސައްކަތްތައް ނިންމުމަށްފަހު، މިހާރު ކުރިއަށްދަނީ ފުރަތަމަ ފަންގިފިލާގެ ކޮންކްރީޓް ސްލެބް އެޅުމަށްޓަކައި ވާންޖެހޭ ޝަޓަރިންގ ހެދުމާއި ދަގަނޑު ބަނުމުގެ މަސައްކަތްތައް ކަމަށެވެ.
މި މަޝްރޫޢަކީ ރާއްޖޭގެ ރަށްރަށުގެ ތަޢުލީމީ ޙާލަތު ރަނގަޅުކޮށް، ދަރިވަރުންނަށް އެކަށީގެންވާ ފަހި އުނގެނުމުގެ މާހައުލެއް ބިނާކޮށްދިނުމަށް މިނިސްޓްރީ އޮފް އެޑިޔުކޭޝަނުން ކުރިއަށްގެންދާ ޕްރޮގްރާމުގެ ތެރެއިން ހިންގޭ މުހިންމު މަސައްކަތެކެވެ. ގާތްގަނޑަކަށް 143 ދަރިވަރުން ކިޔަވަމުން އަންނަ ބިލެތްފަހީ ސްކޫލުގައި މި އިމާރާތް ޤާއިމުކުރެވުމުން، އެ ސްކޫލަށް ދިމާވެފައިވާ ޖާގައިގެ ދަތިކަމަށް ދާއިމީ އަދި ބޮޑު ލުޔެއް ލިބިގެންދާނެއެވެ.
ޕަބްލިކް ސާވިސް އިންވެސްޓްމަންޓް ޕްރޮގްރާމް (ޕީއެސްއައިޕީ) ގެ ދަށުން ކުރިއަށްގެންދާ މި މަޝްރޫޢަކީ ކުރިން 22 އޮގަސްޓް 2022 ގައި 17.3 މިލިއަން ރުފިޔާއަށް އެވޯސަން މޯލްޑިވްސްއާ ހަވާލުކުރެވުނު މަސައްކަތެކެވެ. ނަމަވެސް އެ ކުންފުންޏަށް މަސައްކަތް އެދެވޭ ގޮތެއްގައި ކުރިއަށް ނުގެންދެވި ލަސްތަކެއް ވުމާ ގުޅިގެން، ސަރުކާރުން ވަނީ އެ އެއްބަސްވުން ބާޠިލުކޮށް، އަލުން މި މަޝްރޫޢު އެމްޓީސީސީއާ ހަވާލުކޮށްފައެވެ.
އެމްޓީސީސީއާ މަސައްކަތް ހަވާލުކުރި ފަހުން ސައިޓް ސާފުކުރުމާއި ފައުންޑޭޝަންގެ މަރުޙަލާތައް ކާމިޔާބުކަމާއެކު ނިންމާލާފައިވާއިރު، މި ޢިމާރާތުގެ މަސައްކަތް އެއްކޮށް ނިމުމުން އެ ސްކޫލުގެ ދަރިވަރުންނަށާއި ޓީޗަރުންނަށް ޒަމާނީ ފެންވަރުގެ ވަސީލަތްތަކާއެކު ކިޔަވައިދިނުމުގެ ފުރުޞަތު ފަހިވެގެންދާނެ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން މަޢުލޫމާތުދެއެވެ.

ކިޔުންތެރިންގެ ހިޔާލު