ތޮއްދޫ ދާއިރާގެ މެންބަރު ޙަސަން ޝިޔާން (ކ) އާއި އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް
ތޮއްދޫ ދާއިރާގެ މެންބަރު ޙަސަން ޝިޔާން (ކ) އާއި އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް
އެމްޑީޕީގެ މެމްބަރޝިޕް ލިސްޓުގައި އެހެން ޕާޓީތަކުގެ މެންބަރުން ތިބިކަމަށް އައްޑޫ މީދޫ ދާއިރާގެ މެންބަރު، ރޮޒައިނާ އާދަމް ވިދާޅުވުމާ ގުޅިގެން ތޮއްޑޫ ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެންބަރު ޙަސަން ޝިޔާން (ގިޓާ) އެކަމަށް ރައްދު ދެއްވައިފިއެވެ.

އެމްޑީޕީގެ ޤައުމީ މަޖިލީހުގެ އިންތިޚާބު ބޯމަތިވެފައި ވަނިކޮށް، އެމްޑީޕީގެ މެންބަރޝިޕް ލިސްޓުގައި އެހެނިހެން ޕާޓީތަކުގެ މެންބަރުން ތިބިކަމުގެ ކަންބޮޑުވުން ފާޅުކުރަށްވައި މެންބަރު ރޮޒައިނާ ވިދާޅުވީ، އެމްޑީޕީގެ މެންބަރޝިޕް ލިސްޓުގައި އައްޑޫ މީދޫ ޕީޕީއެމް ކައުންސިލަރެއްގެ ނަންވެސް އެބައޮތް ކަމަށާއި، އަދި އެއީ ޖޯކެއް ކަމަށެވެ.

މެންބަރު ރޮޒައިނާއަށް ރައްދު ދެއްވަމުން ޝިޔާން ވިދާޅުވީ، ރޮޒޭނާގެ ކަންބޮޑުވުންތަކުން ހާމަވެގެންދިޔައީ ޕާޓީގެ ކަންތައްތަކަށް ރޮޒައިނާ އަހަމިއްޔަތުކަން ދެއްވާ މިންވަރު ކަމަށެވެ.

"ކަމަނާ އަކީ މެންބަރޝިޕް ކޮމިޓީގެ މެންބަރެއް." ރޮޒައިނާއަށް ރައްދު ދެއްވަމުން ޝިޔާން ވިދާޅުވިއެވެ.



އެމްޑީޕީގެ އެތެރޭގެ އިންތިހާބު ބޭއްވުމަށް ނިންމާފައި ވަނީ މި މަހުގެ 25 ވަނަ ދުވަހު އެވެ. އެ އިންތިޚާބުގައި ނުވަދިހަ ދެހާހަށްވުރެ ގިނަ މީހުންނަށް ވޯޓު ލުމުގެ ޙައްޤު ލިބިގެންވާކަމަށް އެމްޑީޕީން ވަނީ ބުނެފައެވެ. އެމްޑީޕީން މީގެ ކުރިން ވަނީ ވޯޓިން ލިސްޓަށް ޝަކުވާ ހުށައެޅުމުގެ ފުރުސަތު ހުޅުވާލާފައެވެ.

އަދި މިހާރު ޢާއްމު ކޮށްފައިވާ ލިސްޓަކީ ހުށައެޅުނު ޝަކުވާތަކަށް ބެލުމަށްފަހު އެކުލަވާލާފައިވާ ލިސްޓެކެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން