ހިންދީ ފިލްމު ބޫލް ބުލައްޔާ 2 ގެ ޕޯސްޓަރެއް.
ހިންދީ ފިލްމު ބޫލް ބުލައްޔާ 2 ގެ ޕޯސްޓަރެއް.
ބޮލީވުޑްގައި މިހާރު ކުރިއަރަމުން އަންނަ ކާރްތިކް އާރިޔަންގެ އަޑު ހިނގައްޖެއެވެ.

ކާރްތިކްގެ އަޑުދިޔައީ މިހާރު ކުރިއަށްދާ ފިލްމް ބޫލް ބުލައްޔާ 2 ގެ ޝޫޓިންގގެތެރެއިންނެވެ. އޭނާގެ އަޑުގޮސްފައިވަނީ ފިލްމުގެ ގިނަ މަންޒަރުތަކުގައި ހަޅޭއްލަވަން ޖެހޭތީކަމަށް ފިލްމު ކްރޫއިން ހާމަކޮށްފައިވެއެވެ.

ޝޫޓިންގގެ ތެރެއިން އަޑު ދިއުމުން މުޅި ފިލްމު ކްރޫއިން ހާސްވެ ކަންބޮޑުވި ނަމަވެސް ސިއްހީ އެހީތެރިން ވަނީ ކާރްތިކްގެ އަޑު ރެސްޓުކޮށްލަން ޖެހޭނެ ކަމަށް އިލްތިމާސްކޮށް، އޭނާގެ ހާލު ރަނގަޅުކަން ފާހަގަކޮށްފައެވެ.

ހިންދީ ފިލްމު ބޫލް ބުލައްޔާ 2 އިން ކާރްތިކް އާއެކު ދެން ފެނިގެންދާނީ ތަބޫ އަދި ކިއާރާ އަދްވާނީ އެވެ. މިފިލްމުގެ މަސައްކަތް ފަށާފައިވަނީ 2019 ވަނަ އަހަރުއެވެ. ފިލްމު ފުރަތަމަ ރިލީޒް ކުރުމަށް ހަމަޖެއްސީ 2020 ވަނަ އަހަރުއެވެ. ނަމަވެސް ކޮވިޑްގެ ބަލިމަޑުކަމާއެކު ފިލްމު ޝޫޓިންގއަށް އައި ޑިލޭތަކާއެކު މިފިލްމު ނިންމައި ރިލީޒް ކުރުމަށް މިހާރު ހަމަޖެހިފައިވަނީ މިއަހަރުގެ ނޮވެމްބަރ މަހުއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން