ކޯވިޑް-19 ޖެހިފައި ހުރިތޯ ބެލުމަށް އެންޓިބޮޑީ ޓެސްޓްކުރާ 1000 ކިޓް މެޑްޓެކް މޯލްޑިވްސް އިން އައިޖީއެމްއެޗަށް ހަދިޔާކޮށްފިއެވެ.
މެޑްޓެކުން ކޮށްފައިވާ ޓްވީޓެއްގައި ވަނީ، އައިޖީއެމްއެޗަށް ހަދިޔާކުރީ އެބޮޓުން އުފައްދާފައިވާ އެންމެ ފަހުގެ ޓެސްޓްކިޓް ކަމަށެވެ. މިއާއެކު އައިޖީއެމްއެޗުގެ ލެބޯރެޓްރީގައި ބަހައްޓާފައި ހުރި، އެބޮޓް އާކިޓެކްޓް ލެބޯރެޓްރީ އައި-ސިސްޓަމް ބޭނުންކޮށްގެން ކޯވިޑް-19 ދެނެގަތުމަށް ހަދާ އެންޓިބޮޑީ ޓެސްޓު މިހާރު ކުރެވޭނެއެވެ.
އައިޖީއެމްއެޗުގެ ލެބޯރެޓްރީގައި ހުރި ސިސްޓަމް ބޭނުންކޮށްގެން ގަޑިއަކު 100 އާއި 200 އާ ދެމެދުގެ އެންޓި-ބޮޑީ ޓެސްޓް ކުރެވޭނެ ކަމަށް މެޑްޓެކުން ބުނެއެވެ.
ޔުނިވަރސިޓީ އޮފް ވޮޝިންޓަންގެ ސްކޫލް އޮފް މެޑިސިންއިން ހަދާފައިވާ ދިރާސާތަކުން ދައްކާ ގޮތުގައި އެބޮޓް އިން ތައްޔާރުކޮށްފައިވާ އެންޓިބޮޑީ ޓެސްޓުގެ ސްޕެސިފިސިޓީ ރޭޓަކީ 99.9 ޕަސެންޓެވެ. އަދި އެ ޓެސްޓުތަކުގެ ސެންސިވިޓީ ރޭޓަކީ 100 ޕަސެންޓެވެ.
އެބޮޓްގެ ރާއްޖޭގެ އެކްސްކުލޫސިވް ޑިސްޓްރިބިއުޓަރު ކަމަށްވާ މެޑްޓެކުން ވަނީ އެންޓި-ބޮޑީ ޓެސްޓް ކިޓުގެ އިތުރުން، ބަލި މީހުންގެ ކްރިޓިކަލް ޓެސްޓްތައް އަވަހަށް ހެދުމަށް ބޭނުންކުރާ އެބޮޓް އައި-ސްޓެޓް ޕޮއިންޓް އޮފް ކެއާ އެނަލައިޒާއެއް ވެސް އައިޖީއެމްއެޗަށް ހަދިޔާކޮށްފައެވެ.
މެޑްޓެކް އަކީ ރާއްޖެ އަށް ބޭނުންވާ ސިއްޙީ ސާމާނު އެތެރެކުރާ ކުންފުންޏެކެވެ. އެގޮތުން މިހާތަނަށްވެސް ކޯވިޑް-19ގެ ޙާލަތާއި ގުޅިގެން އެކުންފުނިން ވަނީ ރާއްޖެއަށް ސިއްޙީ ސާމާނު އެތެރެކޮށްދީފައެވެ. އަދި މިހާރު އެކުންފުނިން ދަނީ ރާއްޖެ ގެންނަ ބައެއް ވެންޓިލޭޓަރުތައް ގެނައުމުގެ މަސައްކަތްވެސް ކުރަމުންނެވެ. އެގޮތުން 18 ވެންޓިލޭޓަރެއް މާދަމާ ގެނައުމަށް ހަމަޖެހިފައިވާކަމަށް އެނގިފައިވެއެވެ.
ސިންގަލް ސޯސް ޕްރޮކިއުމަންޓުގެ ތެރެއިން ބިޑް ނުކޮށް ގެންނަން ނިންމާފައިވާ 50 ވެންޓިލޭޓަރު ގެންނަން މެޑްޓެކް ކުންފުންޏާ ހަވާލުކުރީ 14 މިލިއަން ރުފިޔާއަށެވެ. އެއީ މިދިޔަ މާޗް މަހުގެ 19 ވަނަ ދުވަހުއެވެ.

Medtech donates latest antibody tests from Abbott to battle the next phase of COVID19 in Maldives. 1,000 tests donated to @igmhmv is to be used on Abbott's ARCHITECT Laboratory i-systems in IGMH Laboratory, which can run up to 100-200 tests per hour. @HPA_MV @MoHmv pic.twitter.com/S4pXecekRs
— Medtech Maldives (@MedtechMaldives) May 8, 2020
އެބޮޓްގެ ރާއްޖޭގެ އެކްސްކުލޫސިވް ޑިސްޓްރިބިއުޓަރު ކަމަށްވާ މެޑްޓެކުން ވަނީ އެންޓި-ބޮޑީ ޓެސްޓް ކިޓުގެ އިތުރުން، ބަލި މީހުންގެ ކްރިޓިކަލް ޓެސްޓްތައް އަވަހަށް ހެދުމަށް ބޭނުންކުރާ އެބޮޓް އައި-ސްޓެޓް ޕޮއިންޓް އޮފް ކެއާ އެނަލައިޒާއެއް ވެސް އައިޖީއެމްއެޗަށް ހަދިޔާކޮށްފައެވެ.
މެޑްޓެކް އަކީ ރާއްޖެ އަށް ބޭނުންވާ ސިއްޙީ ސާމާނު އެތެރެކުރާ ކުންފުންޏެކެވެ. އެގޮތުން މިހާތަނަށްވެސް ކޯވިޑް-19ގެ ޙާލަތާއި ގުޅިގެން އެކުންފުނިން ވަނީ ރާއްޖެއަށް ސިއްޙީ ސާމާނު އެތެރެކޮށްދީފައެވެ. އަދި މިހާރު އެކުންފުނިން ދަނީ ރާއްޖެ ގެންނަ ބައެއް ވެންޓިލޭޓަރުތައް ގެނައުމުގެ މަސައްކަތްވެސް ކުރަމުންނެވެ. އެގޮތުން 18 ވެންޓިލޭޓަރެއް މާދަމާ ގެނައުމަށް ހަމަޖެހިފައިވާކަމަށް އެނގިފައިވެއެވެ.
ސިންގަލް ސޯސް ޕްރޮކިއުމަންޓުގެ ތެރެއިން ބިޑް ނުކޮށް ގެންނަން ނިންމާފައިވާ 50 ވެންޓިލޭޓަރު ގެންނަން މެޑްޓެކް ކުންފުންޏާ ހަވާލުކުރީ 14 މިލިއަން ރުފިޔާއަށެވެ. އެއީ މިދިޔަ މާޗް މަހުގެ 19 ވަނަ ދުވަހުއެވެ.
ކިޔުންތެރިންގެ ހިޔާލު