ކުރީގެ ޓެކްނޮލޮޖީ މިނިސްޓަރ މަލީޙް ޖަމާލް
ކުރީގެ ޓެކްނޮލޮޖީ މިނިސްޓަރ މަލީޙް ޖަމާލް
ޤައުމު މިދަނީ ބޮކި ޖަހާފައި އަޑިއަށް ކަމަށް ކުރީގެ ކޮމިއުނިކޭޝަން މިނިސްޓަރ މުޙައްމަދު މަލީހް ޖަމާލް ވިދާޅުވެއްޖެއެވެ.

އިތުބާރު ނެތްކަމަށް ފާސްކޮށް މަޤާމުން ވަކިކުރުމުން އިދިކޮޅު ޕީޕީއެމާއި ގުޅިވަޑައިގަތް މަލީހު މިއަދު ވިދާޅުވީ، ވެރިކަމާއި، މަޖިލިހާއި، ބަޑިގުދަނާއި، ބޮޑު އިސްޓޯރާއި، ބޮޑު ތިޖޫރީގެ ތަޅުދަނޑި އެމްޑީޕީއާއި ހަވާލު ކުރިތާ 3 އަހަރު ވެފައި ވާކަމަށާއި، ނަމަވެސް ފެންނަނީ ކުޑަކުދީން އުޅޭހެން އުޅޭ މަންޒަރު ކަމަށެވެ.

މަލީޙް ވިދާޅުވީ އެމްޑީޕީގެ އެންމެ އިސް ދެ ލީޑަރުން އުޅުއްވަނީ ކޯޅުމެއްގެ ތެރޭގައި ކަމަށާއި، އެކަމުގައި މުޅި ޤައުމު ބޮކިޖަހާފައި ދަނީ އަޑިއަށް ކަމަށެވެ.

"ރ.އިބޫ/ނަޝީދު ފައިޓުގަ. އިންތި/އަސްލަމް ފައިޓުގަ. ވައްޑޭ/ޝަރީފު ފައިޓުގަ. މީކައިލް/އިބޫފެކްޝަން ފައިޓުގަ. ޤައުމު ބޮކިޖަފާހަ އަޑިޔަށް." އެމްޑީޕީގެ އެތެރޭގައި އޮތް ކޯޅުމާއި ދެބަސްވުން ސިފަކުރަށްވަމުން މަލީޙް ވިދާޅުވިއެވެ.



މިހާރުގެ ކޯލިޝަން ސަރުކާރު ގެންނަން ރައީސް ޔާމީންގެ ސަރުކާރާއި ދެކޮޅަށް މަސައްކަތް ކުރެއްވި މަލީހު ޕީޕީއެމަށް ސޮއި ކުރެއްވުމަށް ފަހު ފުރަތަމަ ވެސް ގޮވާލައްވާފައި ވަނީ ޖަލުގެ ހުކުމެއް ތަންފީޒު ކުރައްވާ ކުރީގެ ރައީސް އަދި ޕީޕީއެމްގެ ރައީސް، ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ވަގުތުން ވަގުތަށް މިނިވަންކުރުމަށެވެ. އަދި 2023 ވަނަ އަހަރު ގައުމުގެ ވެރިކަމަށް އަލުން ރައީސް ޔާމީން ގެނައުމަށް ކުރަންޖެހުނު ކޮންމެ ކަމެއް ކުރައްވާނެކަމަށް މަލީހު ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން