އިންޑިއާގެ ފިލްމީ ތަރި ނޭހާ ދޫޕިއާ އިނީ ދެވަނަ ދަރިފުޅު ވިހަން ތައްޔާރުވެފައި ކަމަށް އިންޑިއާގެ ނޫސްތަކުން ރިޕޯޓުކޮށްފިއެވެ.

ނޭހާ ދެވަނަ ދަރިއަކަށް ބަލިވެ އިންކަން މިއަދު ޔަގީންކޮށްދީފައިވަނީ ނޭހާއާއި އޭނާގެ ފިރިމީހާ އަންގަދް ބޭޑީ، މީސްމިޑިއާ މެދުވެރިކޮށެވެ. މިގޮތުން މީސްމީޑިއާ މެދުވެރިކޮށް މިއުފާވެރި ހަބަރު ހިއްސާކުރަމުން، ނޭހާ އަދި އޭނާގެ ފިރިމީހާ އަންގަދް ބޭޑީގެ އިތުރުން، މިދެމަފިރިންގެ ފުރަތަމަ ދަރިފުޅު މެހެރާއެކު ނަގާފައިވާ ފޮޓޯއެއް ހިއްސާކޮށްފައިވެއެވެ.


ނޭހާ އަދި އަންގަދް ކައިވެނި ކޮށްފައިވަނީ 2018 ވަނަ އަހަރުއެވެ. މިދެތަރިންނަށް ފުރަތަމަ ލިބިފައިވަނީ އަންހެން ކުއްޖެކެވެ.

2003 ވަނަ އަހަރު ރިލީޒް ކުރި ހިންދީ ފިލްމު "ގަޔާމަތު: ސިޓީ އަންޑާ ތުރެޓް" އިން ފިލްމީ ދާއިރާއަށް ނުކުތް ނޭހާ މިހާރު ދަނީ އޭނާގެ އަމިއްލަ ޕޮޑްކާސްޓެއްކަމަށްވާ "ނޯ ފިލްޓަރ ނޭހާ"ގެ މަސައްކަތް ކުރަމުންނެވެ. އަންގަދް ފިލްމީ ދާއިރާއަށް ތަޢާރަފްވެގެން ދިޔައީ 2004 ވަނަ އަހަރު ނުކުތް ހިންދީ ފިލްމު "ކަޔާ ތަރަން" އިންނެވެ. އަންގަދް އެންމެ ފަހުން ފެނިގެން ގޮސްފައިވަނީ ހިންދީ ފިލްމު ގުންޖަން ސަކްސޭނާގެ ރޯލަކުންނެވެ.

ކިޔުންތެރިންގެ ހިޔާލު