މަރިޔަމް ލައިޝާ   15 ޖުލައި 2021 - 22:5
ބޭންކް އޮފް މޯލްޑިވްސް
ބޭންކް އޮފް މޯލްޑިވްސް
ބޭންކް އޮފް މޯލްޑިވްސް، ބީއެމްއެލްގެ ހިއްސާއަކަށް 15 ރުފިޔާ ބެހުމަށް ނިންމައިފިއެވެ.

ބީއެމްއެލުން މިއަދު ބޭއްވި، އެ ބޭންކުގެ 38 ވަނަ އަހަރީ އާންމު ޖަލްސާގައި 2020 ވަނަ އަހަރުގެ ހިއްސާގެ ފައިދާ ގޮތުގައި ކޮންމެ ހިއްސާއަކަށް 15 ރުފިޔާގެ މަގުން ޖުމްލަ 80،728،800 ރުފިޔާ އެންމެހާ ހިއްސާދާރުންނަށް ބެހުމަށް ނިންމާފައިވާކަމަށް ވަނީ ހާމަކޮށްފައެވެ.

އެގޮތުން މިދިޔަ އަހަރު ބީއެމްއެލްގެ މާލީ ނަތީޖާއަށް އަލިއަޅުވާލައްވަމުން އެބޭންކުގެ ސީއީއޯ އަދި މެނޭޖިންގް ޑިރެެކްޓަރ ޓިމް ސޯޔަރ ވިދާޅުވީ 2020 ވަނަ އަހަރު ކާމިޔާބުކަމާއެކު ފެށިގެން ދިޔަނަމަވެސް ކޮވިޑް-19 ގެ ބިޔަ ރާޅާއެކު އާމްދަނީ މަދުވެ، އެކަމުގެ ނޭދެވޭ އަސަރު ބޭންކަށް ވަރަށް ބޮޑަށް ކޮށްފައިވާކަމަށެވެ.

ޓެކުހަށް ކެނޑުމަށްފަހު ސާފު ފައިދާގެ ގޮތުގައި ހުސްވިއަހަރު 325 މިލިއަން ރުފިޔާ ލިބިފައިވާ ކަމަށާއި، މިއީ 2019 ވަނަ އަހަރާ އަޅާބަލާއިރު 60 އިންސައްތަ އަށްވުރެދަށް މިންވަރެއް ކަމަށް ވެސް ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިންގް ޑިރެެކްޓަރ ޓިމް ސޯޔަރ ވިދާޅުވެފައި ވެއެވެ.

2020 ވަނަ އަހަރު ބީއެމްއެލުން ކޮންމެ ހިއްސާއަކަށް 15 ރުފިޔާ ބެހުމަށް ނިންމާފައިވާއިރު، 2019 ވަނަ އަހަރު ބީއެމްއެލްގެ ހިއްސާގެ ގޮތުގައި، ކޮންމެ ހިއްސާއަކަށް 26 ރުފިޔާ ވަނީ ބަހާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން