ސިއްހީ ދާއިރާގެ ފްރަންޓްލައިންގައި މަސައްކަތްކުރާ ފަރާތްތަކުގެ މުސާރައާއެކު އިތުރު އިނާޔަތެއް ދިނުމަށް ސަރުކާރުން ނިންމާފައިވާ ކަމަށް ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު މިއަދު ވިދާޅުވެއްޖެއެވެ.

ސަރުކާރުން މިއަދު ނޫސްވެރިންނަށް މައުލޫމާތު ދިނުމަށް ބޭއްވި ބައްދަލުވުމުގައި މިނިސްޓަރ އަމީރު ވިދާޅުވީ، ފްރަންޓްލައިންގައި މަސައްކަތް ކުރާ މީހުންނަށް އިތުރު އިނާޔަތް ދިނުމަށް ރައީސް ޞާލިޙް ނިންމަވާފައިވާ ކަމަށެވެ.

މިނިސްޓަރު އަމީރު ވިދާޅުވީ އެންމެ ހައިރިސްކް، ފަރާތްތަކަށް ކޮންމެ ދުވަހަކަށް، 500 ރުފިޔާ އަދި ދެވަނަ ގިންތީގެ ފަރާތްތަކަށް ދުވާލަކަށް 250 ރުފިޔާ އަދި އެންމެ ލޯ ރިސްކް ފަރާތްތަކަށް ދުވާލަކަށް 200 ރުފިޔާ ދެވޭނެ ކަމަށެވެ.

ނަމަވެސް ކޯވިޑް-19 އާ ގުޅިގެން ފްރަންޓުލައިންގައި އެކިއެކި ކަންކަމުގައި ހަރަކާތްތެރިވާ ސިޔާސީ ފަރާތްތަކަށް މި އެލަވަންސް ނުލިބޭނެ ކަމަށް މިނިސްޓަރ ވަނީ ވިދާޅުވެފައެވެ.

ސިޔާސީ ފަރާތްތަކަށް މި އެލަވަންސް ނުލިބޭއިރު އެ ފަރާތްތަކުގެ އަސާސީ މުސާރައިން އެކި ގިންތިއަށް އެކި މިންވަރަށް މުސާރައިން އުނި ކުރުމަށް ސަރުކާރުން ވަނީ ނިންމާފައެވެ. އެގޮތުން 25،000 ރުފިޔާއާ 60،000 ދެމެދުގެ އަދަދުގެ އަސާސީ މުސާރަ ތަކުން 30 ޕަސެންޓު ކެނޑުމަށް ވަނީ ނިންމާފައެވެ. އަދި 60،000 ރުފިޔާއިން މަތީގެ މުސާރަތަކުން 35 އިންސައްތަ ކެނޑުމަށް ނިންމާފައިވާ ކަމަށް ސަރުކާރުން މިއަދު ވަނީ ހާމަކޮށްފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން