ފިނޭންްސް މިނިސްޓަރ އަމީރް އަދި އިކޮނަމިކް މިނިސްޓަރ ފައްޔާޒް
ފިނޭންްސް މިނިސްޓަރ އަމީރް އަދި އިކޮނަމިކް މިނިސްޓަރ ފައްޔާޒް
ޕެންޝަން ފަންޑުން ފައިސާ ދޫކުރުމުގެ ވިސްނުން ނުގެންގުޅޭ ކަމަށް މާލީ ވަޒީރު އިބްރާހިމް ޢަމީރު ވިދާޅުވެއްޖެއެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރ އަމީރު ވިދާޅުވީ، މި ދަނޑިވަޅުގައި ޕެންޝަން ފައިސާ މި ޕެކޭޖްގެ ދަށުން ދޫކުރުމަށް ވިސްނައިގެން ނުވާނެ ކަމަށެވެ. އަދި ފަހަށް ފައިސާ ރައްކާކުރުމަށް ވިސްނަންޖެހޭ ކަމުގައި އޭނާ ވިދާޅުވިއެވެ.

"ޕެންޝަން ފަންޑުން މިހާރު ވެސް 65 އަހަރުގެ މީހުންނަށް ދެމުން އެބަ އަންނަން. އެކަމަކު ރިކަވަރީ ޕެކޭޖުގެ ތެރެއިން ޕެންޝަން ފައިސާ ދޫކުރުމުގެ ވިސްނުމެއް އަދި ނެތް." މިނިސްޓަރ ވިދާޅުވިއެވެ.

މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި އިކޮނަމިކް މިނިސްޓަރ ފައްޔާޒް ވިދާޅުވީ، އެއްވެސް ޤައުމަކުން ޕެންޝަން ފަންޑުން އާއްމު އުސޫލަކުން ފައިސާ ނުނަގާނެކަމަށެވެ.

"ޕެންޝަން ފަންޑުން އާންމު އުސޫލުގެ ދަށުން އެއްވެސް ގައުމަކުން ކުރިއަކުން ފައިސާއެއް ނުނެގޭނެ. ކުރިން ރާއްޖޭގައި އޮތީ ޕްރޮވިޑަންޓް ފަންޑެއް. ބޭނުން އިރަކު އެއިން ނެގޭނެ. މިހާރު މިއޮތީ ޕެންޝަން ފަންޑެއް. އެމީހަކު ނުހުރެދާނެ އެހާ އުމުރުގަ ދުނިޔޭގަ. އެކަމަކު އެ ހާލަތުގައި ވެސް އެމީހުންގެ އާއިލާއަށް ފޯރުކޮށްދެވޭނެ. ކުރިން މީހުން ބުނޭ ތިމަންނަ ފެންޝަން ފައިސާ ބޭނުމެއް ނޫނޭ. އެކަމަކު ރިޓަޔާ ކުރާ ހިސާބަށް ދިޔައިމަ އެބަ އެނގޭ އެ ފައިސާގެ މުހިއްމުކަން." މިނިސްޓަރ ވިދާޅުވިއެވެ.

ފައްޔާޒް ވިދާޅުވީ، ޕެންޝަން ފެންޑަކީ އެ މީހާ ލާ އެއްޗަކާއި އެ މީހާ އަށް ވަޒީފާ ދޭ ފަރާތުން ލާ އެއްޗަކާއެކު އިންވެސްޓް ކުރެވޭ އެއްޗެއް ކަަމަށެވެ.

"އިންވެސްޓް ކުރުމުގެ މާނައަކީ ކޭޝް ގޮތުގައި ހުންނަ އެއްޗެއް ނޫން ފަންޑެއްގައި ބޭންކް އެކައުންޓެއްގައި، ޕެންޝަން އޮފީހުން އޭތި އެކިއެކި ކަންކަމުގައި އިންވެސްޓް ކޮށްގެން އޭގެން އިތުރަށް މި ހޯދަނީ ރިޓަޔާމެންޓް އުމުރަށް މީހުން ދިޔައީމަ އެ އެންމެންނަށް އެ ދޭން ވާ އެތި ދެވޭނެ ގޮތަކަށް އިތުރުކޮށްގެން ހޯދުން." ފައްޔާޒް ވިދާޅުވިއެވެ.

ފައްޔާޒް ވިދާޅުވީ، ޕެންޝަން ފަންޑަކީ ކަމެއް ޖެހޭ އިރަށް އަތް ލާން އޮންނަ އެއްޗެއް ކަމަށް ދެކެވަޑައިނުގަންނަވާ ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު


2

ސަލީމް

08-May-2020

ވިސްނުން ހުއްޓަސް ފައިސާއެއް ނުދެވޭނެ.އެ ފައިސާ މިހާރަކު ނުހުންނާނެ.ތިޔަ ފައިސާ ނަގަނީ ރައްޔިތުންގެ ފައިދާއަކަށް ނޫން.65 އަހަރު ވީމާ ވެސް ތިޔަ ފައިސާ ދެނީ 14 އަހަރަށް ބަހާލައިގެން.މީހަކަށް ކަމެއް ކުރެވޭ ގޮތަކަށް އެވެސް ނުދޭ.



ޓްރެންޑިން