ލާދީނީ ގޮތުން ހުއްޓިވުމަށް ސަރުކާރުން މަސައްކަތް ކުރަމުންދާއިރު، މިހާރު ލާދީނީ ގޮވަނީ ގޯތި މީހުންވެސް ބައިވެރިވެގެންކަމަށް މަޝްހޫރު ވިޔަފާރިވެރިޔާ އަހުމަދު އާރީފް، އާއްޓޭ ވިދާޅުވެއްޖެއެވެ.

މަޝްހޫރު ވިޔަފާރިވެރިޔާ، އާއްޓޭ މިހެން ވިދާޅުވެފައި މިވަނީ ލާދީނީ ގޮވުން ހުއްޓުވުމަށް ސަރުކާރުން މަޖިލީހަށް ހުށަހެޅި ބިލާއި ގުޅޭގޮތުން ބޮޑު ބަހުސެއް ފެށިފައިވާ ދަނޑިވަޅެއްގައެވެ.

އާއްޓޭ ވިދާޅުވީ މިހާރު ލާދީނީ ގޮވަނީ ހަމައެކަނި ވާދަވެރިން ނޫންކަމަށާއި ގޯތި މީހުންވެސް ލާދީނީ ގޮވާކަމަށެވެ. އަދި ލާދީނީ ގޮވުމުގެ ބަހުސް ފޯރިގަދަވެގެން އުޅެނީ އެސަބަބާއި ހެދިކަމަށް އާއްޓޭ ވިދާޅުވިއެވެ.



ގޯތި މީހުންވެސް ލާދީނީ ގޮވާކަމަށް އޭނާ އެ ސިފަކުރަށްވަނީ އެމްޑީޕީ ނުވަތަ ސަރުކާރުގައި ހިމެނިވަޑައިގަންވާ މީހުންވެސް އެކަކުއަނެކަކަށް ލާދީނީއަށް ގޮވަމުން ގެންދާތީ ކަމަށް ވެދާނެއެވެ. މިގޮތުން ސަރުކާރުން މަޖިލީހަށް ހުށަހަޅާފައިވާ ލާދީނީ ގޮވުން ހުއްޓުވާ ބިލުގެ ބަހުސްގައި އެމްޑީޕީގެ ބައެއް މެމްބަރުން ވަނީ އެބިލާއި ދެކޮޅަށް ވާހަކަ ދައްކާފައެވެ. އަދި އެމްޑީޕީގެ 4 މެމްބަރަކު ވަނީ އެބިލު ބަލައިގަތުމާއި ދެކޮޅަށް ވެސް ވޯޓް ދެއްވާފައިކަން ފާހަގަކޮށްލެވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން