މާލޭގައި ދިރިއުޅޭ ގެއެއްގައި ޖަންގްޝަން ބަހައްޓަން ހުއްދަ ނުދީ މާލޭ ސިޓީ ކައުންސިލުން ހިފައްޓާފައިވާތާ އެތަށް ދުވަހެއް ވެފައިވާތީ އާއިލާއިން ކަންބޮޑުވުން ފާޅުކޮށްފިއެވެ.

މ. ސްޓާލައިޓް ގެއިން ޖަންގްޝަން ބަހައްޓަން ހުއްދައަށް އެދި ސިޓީ ކައުންސިލަށް ހުށައަޅާފައިވަނީ މީގެ ތިންމަހެއްހާ ދުވަސް ކުރިންނެވެ. އެހެން ނަމަވެސް މިހާތަނަށް ވެސް ސިޓީކައުންސިލުން އެ ހުއްދަ ދީފައެއް ނުވެއެވެ. ޖަންގްޝަން ބަހައްޓަން ހުއްދަ ނުދީގެން އެއާއިލާއިން ފާޚާނާ ކުރެވޭނެ ގޮތެއް ނެތި ވަނީ ގޮތްހުސްވެފައެވެ. އެއާއިލާއިން މިހާރު ވަނީ އެމައްސަލަ ހިއުމަންރައިޓްސް ކޮމިޝަނަށް ވެސް ހުށައަޅާފައެވެ.

"ރަސްއޮންލައިން" އަށް މައުލޫމާތު ދެމުން މ. ސްޓާލައިޓްގެ ވެރިފަރާތް ކަމަށްވާ އާދަމް އިބްރާހިމް ބުނީ، އެގޭގައި ޖަންގްޝަން ބަހައްޓަން ހުއްދައަށް އެދި ސިޓީ ކައުންސިލުގައި އެދުނުތާ 3 މަހަށްވުރެ ގިނަ ދުވަސްވެފައިވާ ކަމަށާއި އަދިވެސް އެކަމަށް ޖަވާބެއް ނުލިބޭ ކަމަށެވެ. ޖަންގްޝަން ބެހެއްޓުމުގެ ހުއްދަ ނުދީ ހިފަހައްޓާ ސަަބަބެއް ނޭނގޭ ކަމަށް އާދަމް އިބްރާހިމް ބުނެފައިވެއެވެ.

"އެމްޑަބްލިޔުއެސްސީން ބުނަނީ ސިޓީ ކައުންސިލުން ހުއްދަ ދިނީމަ އެކަން ކޮށްދޭނެކަމަށް. އަޅުގަނޑުމެން ހަމައެކަނި ބޭނުންވަނީ ސިޓީކައުންސިލްގެ ހުއްދަ އެއް." ރަސްއޮންލައިން އަށް މައުލޫމާތު ދެމުން އާދަމް އިބްރާހިމް ބުންޏެވެ.

މިމައްސަލައާއި ގުޅިގެން މާލޭ ސިޓީކައުންސިލުގެ މޭޔަރު ޑރ. މުހަންމަދު މުއިއްޒަށް ރަސްއޮންލައިނުން ތަކުރާރުކޮށް މެސެޖް ކުރުމުންވެސް އެކަމަށް ޖަވާބު ދެއްވާފައެއް ނުވެއެވެ. އެހެން ނަމަވެސް މިދިޔަ ލޯކަލް ކައުންސިލް އިންތިޚާބުގައި ކެމްޕޭންގައި މޭޔަރު ޑރ. މުއިއްޒު ވިދާޅުވެފައިވަނީ ސިޓީކައުންސިލަށް ރައްޔިތަކު ކަމަކަށް އެދި ހުށައަޅާތާ ތިން ދުވަހުގެ ތެރޭގައި އެކަމެއް ކޮށްދެއްވާނެ ކަމަށެވެ. އަދި ސިޓީ ކައުންސިލަށް ހުއްދައަށް އެދި ހުށައަޅާތާ މަދުވެގެން ތިން ދުވަހުގެ ތެރޭގައި އެކަން ކޮށްެދެއްވާނެ ކަމަށްވެސް މުއިއްޒު ވަނީ ވިދާޅުވެފައެވެ.


ކިޔުންތެރިންގެ ހިޔާލު


4

ބަޖާޖް

22-Jun-2021

ތިންމަސް ކުރި ވިއްޔާ ޝިފާ ހުންނާނީ މުއިއްޒުއަށް ތިކަމުގެ މައުލޫމާތު ނުލިބެނީ ކަމަށް ވާނީ ދެންލަހެއް ނުވާނެ.


-4

ހޮޅި

22-Jun-2021

މުއިއްޒުގެ އަސްލު ސޫރަ ތިފެންނަނީ. ދެންކުރާނީ ހުސް ޖެއްސުން.



ޓްރެންޑިން