ރައްޔިތުންގެ މަޖިލީހުން ކުރިއަށްގެންދާ 6 މޭ ބޮމުގެ ހަމާލާގެ ޕާލިމަންޓްރީ އިންކުއަރީއަށް، މިނިސްޓަރ އޮފް ހޯމް އެފެއާޒް އިމްރާން އަބްދުﷲ މިއަދު ހާޒިރުކޮށްފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ދިން އެހަމަލާއާ ގުޅިގެން މަޖިލީހުގެ 241 ކޮމިޓީން ކުރިއަށް ގެންދާ ޕާލަމެންޓަރީ އިންކުއައިރީއަށް ދާޚިލީ ވަޒީރު އިމްރާން މިއަދު ހާޒިރުކޮށް، ވަނީ ސުވާލުކޮށްފައެވެ. ނަމަވެސް އެއީ ސިއްރު ބައްދަލުވުމަކަށްވާތީ، އެބައްދަލުވުމުގެ އެއްވެސް ތަފްސީލެއް ނުލިބެއެވެ.



ހޯމް މިނިސްޓަރުގެ އިތުރުން 241 ކޮމިޓީން ކުރިއަށްގެންދާ ތަހުގީގަށް މިހާތަނަށް ގިނަ ފަރާތްތަކެއް ވަނީ ހާޒިރުކޮށްފައެވެ. އޭގެ ތެރޭގައި ދައުލަތުގެ މިނިސްޓަރުންނާއި، ސިފައިންނާއި ފުލުހުންގެ އިސްވެރިންނާއި އޮފިސަރުންނާއި ދައުލަތުގެ އިދާރާތަކާއި މުއައްސަސާތަކުގެ ބޭފުޅުން ހިމެނިވަޑައިގަންނަވައެވެ.

241 ކޮމިޓީން ވަނީ ރައީސް ނަޝީދަށް ދިން ހަމަލާގެ އެންމެ ފުނަށް ކޮމިޓީން ދާނެކަމަށާ، ކޮމިޓީއަށް ޙާޒިރުކުރަންޖެހޭކަމަށް ކޮމިޓީއަށް ފެންނަ ހުރިހާ އެންމެން ޙާޒިރުކޮށް ސުވާލު ކުރަމުން ގެންދާނެކަން ބުނެފައެވެ. އަދި 241 ކޮމިޓީން ކުރިއަށްގެންދާ އިންކުއަރީއަށް ސަރުކާރުން ފުރިހަމަ އެއްބާރުލުން ލިބެމުންދާކަމަށް ކޮމިޓީގެ މުޤައްރިރު ވަނީ ވިދާޅުވެފައެވެ. ނަމަވެސް ރައީސް ނަޝީދާއި އެމްޑީޕީގެ އިސް ބައެއް ބޭފުޅުން ވަނީ ސަރުކާރުން މި އިންކުއަރީއަށް ހުރަސް އަޅަމުން ގެންދާކަމަށް ތުހުމަތުކޮށްފައެވެ. އަދި މިކަމުގައި ސީދާ ރައީސް ޞާލިހަށްވެސް އިނގިލި ދިއްކޮށްފައިވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން