ޒިންމާތަކުން އެކަހެރިކޮށްފައިވާ ޔޫތު މިނިސްޓަރ މަހްލޫފަކީ އޭސީސީގެ ރައީސް މަރްޔަމް ޝިއުނާ ކުޅެން ގެންގުޅޭ ބޯޅައެއް ނޫންކަމަށް ވިދާޅުވެ، މަހްލޫފް އޭސީސީއަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެއްޖެއެވެ.

މަހްލޫފް އޭސީސީއަށް ފާޑު ވިދާޅުވެފައި މިވަނީ، އެމްއެމްްޕީއާރުސީގެ މައްސަލައިގައި މަހްލޫފްގެ މައްޗަށް ދައުވާކުރަން ފޮނުވި މައްސަލަ ފުރިހަމަނުވާކަމަށް ބުނެ ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން އެމައްސަލަ އަނބުރާ ފޮނުވާލަން ނިންމުމާއި ގުޅިގެނެވެ.

މިކަމާއި ގުޅިގެން މަހްލޫފް ވިދާޅުވީ، އޭނާގެ މައްސަލަ އޭސީސީން ދައުވާކުރަން ފޮނުވަން ނިންމައި ބޮޑު ބަޔާނެއް ނެރުނުއިރު، މައްސަލަ އަނބުރާ ފޮނުވާލީމާ ތިބެނީ ހަނުކަމަށެވެ.

މަހްލޫފް ވިދާޅުވީ، ޤާނޫނީގޮތުން ފުރިހަމަކުރަންޖެހޭ ކަންކަން ނުކޮށް މިއީ ކުޅޭ ކުޅިވަރަކަށް ނުހެދޭނެކަމަށެވެ. އަދި އޭނާއަކީ އޭސީސީގެ ރައީސް ޝިއުނާ ކުޅެންގެންގުޅޭ ބޯޅައެއްނޫންކަމަށާއި، ކަންކުރަން އެނގިވަޑައިނުގަންނަވަންޏާ އިސްތިއުފާ ދެއްވުން ރަނގަޅުވާނެކަމަށް މަހްލޫފް ވިދާޅުވިއެވެ.

"‏މައްސަލަ ފޮނުވަމުން ACC އިން ބޮޑު ބަޔާނެއް ނެރެފަ، އަނބުރާ ފޮނުވާލީމަ މިތިބެނީ ހަނު. ޤާނޫނީގޮތުން ފުރިހަމަކުރަންޖެހޭ ކަންކަން ނުކޮށް މިއީ ކުޅޭ ކުޅިވަރަކަށް ނުހެދޭނެ. އަޅުގަނޑަކީ ޝިއުނާ ކުޅެންގެންގުޅޭ ބޯޅައެއްނޫން. ކަންކުރަން ނޭގެންޏާ އިސްތިއުފާ ދެއްވީމަ މާރަނގަޅުވާނެ." މަހްލޫފް ވިދާޅުވިއެވެ.

އެމް.އެމް.ޕީ.އާރް.ސީގެ ޚިޔާނާތުގެ ފައިސާ ލިބިފައިވާކަން ތަހުޤީޤަށް ސާބިތުވުމާއި ގުޅިގެން މަޙްލޫފްގެ މައްޗަށް ދަޢުވާކުރުމަށް އެންޓި ކޮރަޕްޝަން ކޮމިޝަނުން ޕީޖީ އޮފީހަށް ހުށައެޅީ މިމަހުގެ 9 ވަނަ ދުވަހުއެވެ. އަދި މިނިސްޓަރ މަޙްލޫފްގެ މައްޗަށް ދަޢުވާކުރުމަށް ޕްރޮސިކިއުޓަރ ޖެނަރަލްގެ އޮފީހަށް ފޮނުވާފައިވާތީ ޕްރޮސިކިއުޓަރ ޖެނަރަލް ވަކިގޮތެއް ނިންމަވަންދެން މިނިސްޓަރ މަޙްލޫފް މަސައްކަތުން އެކަހެރިކުރުމަށް ރައީސް ވަނީ އަންގަވާފައެވެ.


ކިޔުންތެރިންގެ ހިޔާލު


5

އަބުޖީ

22-Jun-2021

ހެޔޮނުވާނެ ބޯޅައަކީ ކުޅޭ ކުޅޭ އެއްޗެކަައް ނުހަދަބަލަ


6

ޙިރުނދު

22-Jun-2021

މަނިކުފާނު ހާދަވަރަކަށް ތިއުޅުއްވަނީ މައްސަލަ ސާބިތުނުވަނީސް ބިރުން... މީނަ އަށްވީ ލޮލީއެއް ދީފަ ބައިންދަންވީ ބޮޑާހާކާ ސިޔާސީ ސޫފި.. މި އާލާތުން މިހެން ތިބެ ޤައުމު ލޫޓުވާލައިގެން ތިބެނީ ރައްޔިތުންނަށް މާ ކަންތައްކޮށްދޭ ބަޔަަކަށްވެގެން..


0

ފާތުން

22-Jun-2021

ޢުންސުރު ހަމަނުވާނެ ތި މީހުންގެ މައްސަލައެއްގައި.



ޓްރެންޑިން