ލާދީނީ ކިއުމުން އަދަބުލިބޭ ބިލު އަނބުރާ ގެންދިއުމަށް ސަރުކާރަށް އިލްތިމާސްކުރުމަށް ސަރުކާރުގައި ހިމެނޭ ކޯލިޝަން ޕާޓީތަކަށް މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް އުމަރު ގޮވާލައްވައިފިއެވެ.

ޕީއެންސީގެ ނާއިބު ރައީސް، މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް މިކަމަށް ގޮވާލެއްވީ ލާދީނީ ގޮވުން ހުއްޓުވާ ބިލު ސަރުކާރުން ހުށަހެޅީ ސަރުކާރު ކޯލިޝަންގައި ހިމެނޭ ޕާޓީތަކާއި މަޝްވަރާނުކޮށްކަމަށް އެޕާޓީތަކުން ބުނެފައިވާ ދަނޑިވަޅެއްގައެވެ.

މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް އުމަރު ވަނީ ގާނޫނުލްއުގޫބާތް އިސްލާހުކުރުމުގެ ނަމުގައި ސަރުކާރުން ހުށަހަޅާފައިވާ ބިލު އަނބުރާ ގެންދެވުމަށް ރައީސުލްޖުމްހޫރިއްޔާއަށް އިލްތިމާސް ކުރެއްވުމަށް ސަރުކާރު ކޯލިޝަންގައި ހިމެނޭ ލީޑަރުންނަށް ގޮވާލައްވާފައެވެ. އަދި ބިލު ހުށަހެޅީ މަޝްވަރާނުކޮށްކަމަށް ވާނަމަ، އެކަމަށް އިލްތިމާސްކުރުމުގެ ފުރުސަތު އޮންނާނެކަމަށް އާދަމް ޝަރީފް ވިދާޅުވިއެވެ.

ލާދީނީ ބިލު އަނބުރާ ގެންދިިއުމަށް ސަރުކާރަށް އިލްތިމާސްކުރުމަށް ސަރުކާރުގައި ހިމެނޭ ކޯލިޝަން ޕާޓީތަކަށް އާދަމް ޝަރީފް ގޮވާލެއްވާއިރު، ސަރުކާރު ކޯލިޝަންގައި ހިމެނޭ ޖުމްހޫރީ ޕާޓީއާއި އަދާލަތު ޕާޓީ ބުނި، ލާދީނީ ގޮވުން ހުއްޓުވާ ބިލު މަޖިލީހަށް ހުށައެޅީ އެޕާޓީތަކާ މަޝްވަރާނުކޮށްކަމަށެވެ. އަދި އެބިލު އަނބުރާ ގެންދިއުމަށް އެ ދެ ޕާޓީން ވަނީ ގޮވާލާފައެވެ.

މީގެއިތުރުން ރާއްޖޭގެ އިލްމުވެރިންނާއި އިސްލާމިކް މިނިސްޓްރީއާއި ފަތުވާ މަޖީހުންވެސް ވަނީ ބިލާއި މެދު ކަންބޮޑުވުން ފާޅުކުރައްވާފައެވެ. ނަމަވެސް މިހާތަނަށް ސަރުކާރުން މިކަމަށް އިޖާބަ ދީފައެއް ނުވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން