ޔޫތު، މިނިސްޓަރު އަހްމަދު މަހްލޫފާއި ދެކޮޅަށް ދައުވާ ކުރުމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން، ފޮނުވި މައްސަލައިގެ ބައެއް ކަންކަން ފުރިހަމަކޮށްފައިނުވާތީ، އެކަންކަން ފުރިހަމަ ކުރުމަށް އަންގައިފައިވާ ކަމަށް ޕިޖީ އޮފީހުން ބުނެފިއެވެ.

ޕްރޮސިކިއުޓަރ ޖެނެރަލް އޮފީހުން ބުނީ އެގޮތަށް އަންގަވާފައިވަނީ އެ މައްސަލާގައި މީގެކުރިން މި އަހަރުގެ ފެބުރުއަރީ މަހުގައި އިސްލާހްކުރުމަށް އެންގި ކަންކަން އިސްލާހްކޮށްފައިނުވާތީ ކަމަށެވެ. އޭގެއިތުރުން މައްސަލައިގެ ބައެއް ލިޔުންތައްވެސް ހިއްސާކޮށްފައިނުވާތީ، އެ ލިޔުންތައް ހިއްސާކުރުމަށް ޕީޖީ، އެންގެވިކަމަށް އެ އޮފީހުން ހާމަކުރެއެވެ.

ޕީޖީގެ ފަރާތުން އެގޮތަށް އޭސީސީއަށް އަންގާފައިވަނީ ލިޔުމުންނެެވެ. ބައެއް މީޑިޔާތަކުން ވަނީ އެމައްސަލަ އަނބުރާ ފޮނުވާލާފައިވާ ކަމަށް ރިޕޯޓްކޮށްފައެވެ. އެހެންނަމަވެސް އެކަން ޕިޖީ އޮފީހުން ދޮގުކުރެއެވެ.

މަޚުލޫފަށް ދައުވާ ކުރަން ފޮނުވާފައިވަނީ އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ މައްސަލައިގައި ކަމަށް އޭސީސީން ބުނެ އެވެ. އޭސީސީން ބުނީ އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލައިގައި ތަހުގީގަށް ފާހަގަ ކުރެވުނު ކަންތައްތަކުގެ ތެރޭގައި މަޖިލީހުގެ މެންބަރެއްގެ ގޮތުގައި މަހްލޫފް ހުރެ، ރައްޔިތުންގެ މަޖިލީހުގެ ތަޅުމުގައި އޭރު ބަހުސްކޮށް ވޯޓަށް އެހި ސްޕެޝަލް އިކޮނޮމިކް ޒޯން (އެސްއީޒެޑް) ބިލަށް ވޯޓުދިނުމާއި ޕީޕީއެމްގައި ދެމި ހުރުމުގެ މުގާބިލުގައި 33،000.00 (ތެއްތިރީސްހާސް) އެމެރިކާ ޑޮލަރު ލިބިފައިވާކަން އެނގޭ ކަމަށް ތަހުގީގަށް ހާމަވެފައިވާ ކަމަށެވެ.

މަހްލޫފުގެ މައްޗަށް ކުރާ ޚިޔާނާތުގެއެ ތުހުމަތުތަކަށް އޭނާ އިންކާރު ކުރައްވައެެވެ. މަހްލޫފް ވިދާޅުވީ އެމްއެމްޕީއާރުސީގެ މައްސަލަ ފެށުނު ހިސާބުން ފެށިގެން ވެސް އޭނާއާ މެދު އަމަލުކުރަމުންދަނީ ޒާތީކޮށް، ސިޔާސީގޮތުން ކަތިލާ ކަންބަޅިއެއް ގޮތަށް ކަމަށެވެ. އަދި އެކަން ކުރަމުންދަނީ ސިޔާސީ ބަޔަކު އަޑީގައި ތިބެގެންކަން އެންމެ އިސްވެރިންނަށް ވެސް އެނގިވަޑައިގަންނަވާނެ ކަމަށާއި، ބޭނުމަކީ މަގާމުން ވަކިކުރުން ކަމަށް މަޚުލޫފް ވިދާޅުވިއެވެެ.

އޭސީސީން އެމައްސަލާގައި ދައުވާކުރުމަށް، ޕީޖީއަށް ފޮނުވުމާއި ގުޅިގެން މިނިސްޓަރުކަމުގެ ޒިންމާތަކުން މަހްލޫފް އެކަހެރިކޮށް އެމައްސަލައިގައި ވަކިގޮތެއް ނިމެންދެން ގޭގައި މަޑުކުރުމަށް ރައީސް ވަނީ އަންގަވާފައެވެ.


ކިޔުންތެރިންގެ ހިޔާލު


-7

ޠައުސިން

22-Jun-2021

މައްސަލަ ސަރީއަތަކަށް ނުފޮނުވާނެ. ފޮނުވިޔަސް އުންސުރު ހަމައެއް ނުވާނެ.



ޓްރެންޑިން