އެމްޑީޕީގެ ކުރީގެ ނާއިބް ރައީސް އަލްހާން ފަހުމީ ޕާޓީން ވަކިކުރި މައްސަލަ އެމްޑީޕީގެ އިސްތިއުނާފް ފަނޑިޔާރުންގެ މަޖިލީހަށް ހުށައެޅިތާ ހަތަރު އަހަރަށްވުރެ ގިނަ ދުވަސްވެފައިވާއިރު އެކަމަށް އިންސާފު ނުލިބޭތީ އޭނާ ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ.

މިދިޔަ ލޯކަލް ކައުންސިލް އިންތިޚާބުގައި މާލޭގެ މޭޔަރު ކަމަށް ވާދަކުރެއްވި އަލްހާން ފަހުމީ ވިދާޅުވީ، ‏އެމްޑީޕީގެ އިސްތިއުނާފު ފަނޑިޔާރު މަޖްލީހަށް އޭނާ ޕާޓީން ވަކިކުރި މައްސަލަ އިސްތިއުނާފަށް ހުށަހެޅިތާ 4 އަހަރާ 9 މަސްވެފައިވާ ކަމަށެވެ. އެހެން ނަމަވެސް އެމައްސަލައަށް އިންސާފު ނުލިބޭ ކަމަށް އަލްހާން ފަހުމީ ވިދާޅުވިއެވެ.



"އިންސާފަކީ ވަކި މީހަކަށް ހޯދަދޭން އޮތް އެއްޗެއްތޯ؟" އެމްޑީޕީގެ އެންމެ އިސްލީޑަރު އަދި ރައީސުލްޖުމުހޫރިއްޔާ އިބްރާހިމް މުހަންމަދު ސޯލިހު ޓެގް ކުރައްވައި މަޖިލީހުގެ ފޭދޫ ދާއިރާގެ މެމްބަރު ކަންވެސް ކުރެއްވި އަލްޚާން ވިދާޅުވިއެވެ.



އަލްހާން ދެވަނަ ފަހަރަށް އެމްޑީޕީއާ ގުޅުމުން ޕާޓީން ވަކިކޮށް އެ ޕާޓީގެ ފަރާތުން އެއްވެސް އިންތިހާބެއްގައި ބައިވެރިނުވެވޭ ގޮތަށް ހުންނެވީ ތިން އަހަރަށް ސަސްޕެންޑްކޮށްފަ އެވެ. އަލްހާން ސިޔާސީ ހަރަކާތްތައް ފަށާފައިވަނީ ޑީއާރްޕީންނެވެ. އޭގެފަހުން އޭނާ ވަނީ އެމްޑީޕީއާއި ޖުމްހޫރީ ޕާޓީއާއި އަދި ޕީޕީއެމްގައިވެސް މަސައްކަތް ކުރައްވާފަ އެވެ. އަލްހާން ވަނީ ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެ ކަމަށްވެސް އިއުލާންކުރައްވާފަ އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން