ޅ. ނައިފަރުގައި ރަޝީދު ކާޕެންޓްރީ އެންޑް ކޮންސްޓްރަކްޝަން (އާރުސީސީ) އިން އިމާރާތްކުރާ 100 ހައުސިންގ ޔުނިޓްގެ މަސައްކަތް ނިމުމަކާ ހަމައަށް ހިނގައްޖެއެވެ.

ނައިފަރު އަޅާ 100 ހައުސިން ޔުނިޓަކީ ސަރުކާރުގެ ޕީއެސްއައިޕީ ޕްރޮޖެކްޓްތަކުގެ ދަށުން ކުރިއަށް ގެންދިޔަ މަޝްރޫއެކެެވެ. އެރަށުގައި ހައުސިން ޔުނިޓް އިމާރަތް ކުރުމުގެ މަސައްކަތް ކުރިއަށް ގެންގޮސްފައިވަނީ ރަޝީދު ކާޕެންޓްރީ އެންޑް ކޮންސްޓްރަކްޝަން (އާރުސީސީ) އިންނެވެ. އާރުސީސީ އިން ބުނީ، ނައިފަރުގައި އިމާރަތް ކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ގާތްގަނޑަކަށް ނިމުމަކާ ހަމައައިގައިވާ ކަމަށެވެ. އަދި މިހާރު ކުރަމުންދަނީ އެންމެ ފަހުގެ ފިނިޝިންގެ މަސައްކަތް ކަމަށާއި ޝެޑިއުލާ އެއްގޮތަށް އެމަސައްކަތް ކުރިއަށްދާކަމަށް އެކުންފުނިން ބުނެ އެވެ.

އެ މަޝްރޫއު އާރުސީސީއާއި ހަވާލުކުރީ މިދިޔަ އަހަރުގެ ޖެނުއަރީ 26 ވަނަ ދުވަހުއެވެ. އޭރު އެމަސައްކަތް ހަވާލުކުރީ 330 ދުވަހުގެ ތެރޭގައި މަސައްކަތް ނިންމާ ގޮތަށެވެ. މަޝްރޫއުގެ ޖުމްލަ އަގަކީ 72،274،661.71 ރުފިޔާއެވެ. މި ހައުސިންގ ޔުނިޓްތަކުގައި ތިންބުރީގެ ތިންބްލޮކާއި ހަތަރުބުރީގެ އެއް ބްލޮކް ހިމެނެއެވެ. ތިންބުރީގެ ތިން ބްލޮކްގައި ހިމެނެނީ 24 އެޕާޓްމަންޓެވެ. އަދި ހަތަރުބުރީގެ ބްލޮކުގައި ހިމެނެނީ 28 އެޕާޓްމަންޓެވެ.

މިއިން ކޮންމެ ޔުނިޓެއްގައި ހިމެނޭނީ ތިން ކޮޓަރިއާއި ތިން ފާހާނާ އަދި ސިޓިންގ/ޑައިނިންގ ރޫމެއް ކަމަށް ހައުސިން މިނިސްޓްރީން ބުނެފައި ވެއެވެ.

މީގެ އިތުރުން 1000 އަކަފޫޓުގެ އަމިއްލަ ގޯއްޗެއްގައި އެއް ބުރީގެ ހައުސިން ޔުނިޓު އިމާރާތްކުރުން ވެސް މި މަޝްރޫއުގެ ތެރޭގައި ހިމެނެއެވެ. މި ހައުސިން ޔުނިޓުގައި ތިން ކޮޓަރިއާއި ތިން ފާހާނާ، ސިޓިންގ/ޑައިނިންގ ރޫމެއްގެ އިތުރުން ސްޓޯރޭޖް އޭރިއާއެއް ހިމެނޭ ކަމަށް ހައުސިން މިނިސްޓްރީއިން ބުނެފައި ވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން