އައްޑޫގެ ކަންކަމާއި ބެހޭގޮތުން ހިޔާލުފާޅުކުރުމުގެ ހައްޤު އައްޑޫ ރައްޔިތަކަށްވީތީ އެމަނިކުފާނަށްވެސް އޮންނާނެކަމަށް އައްޑޫ ސިޓީއަށް ނިސްބަތްވާ މަޝްހޫރު ޕްރޮފެސަރ ހަސަން އުގައިލް ވިދާޅުވެއްޖެއެވެ.

އުގައިލް މިހެން ވިދާޅުވީ، އުގައިލަކީ ދިވެއްސެއް ނޫންކަމަށާއި، އުގައިލަކީ އިނގިރޭސިވިލާތުގެ ރައްޔިތެއްކަމަށްބުނެ މީހަކު ސޯޝަލް މީޑިއާގައި ކުރި ކޮމެންޓަކަށް ރައްދުދެއްވަމުންނެވެ.



އެ ޓްވީޓަށް ރައްދު ދެއްވަމުން އުގައިލް ވިދާޅުވީ އެމަނިކުފާނަކީ ދިވެހި ރައްޔިތެއްކަމަށެވެ. އަދި ދިވެހި މަންމައަކާއި ބައްޕައަކަށް ލިބިފައިހުރި ހަތަރުކަށިމަތި ދިވެހި ދަރިއެއްކަމަށާއި ދިވެހި ދަރިއަކަށް ވީތީ އެކަމާ ފަހުރުވެރިވާކަމަށްވެސް އުގައިލް ވިދާޅުވިއެވެ.

އުގައިލް ވިދާޅުވީ އައްޑޫ މީހަކަށް ވީތީ އައްޑޫގެ ކަންތައްތަކާއި ބެހޭގޮތުން ހިޔާލުފާޅުކުރުމުގެ މިނިވަންކަން އެމަނިކުފާނަށްވެސް އޮންނަން ޖެހޭނެކަމަށެވެ. އަދި އެމަނިކުފާނު ދުނިޔޭގެ ކޮންމެތަނެއްގައި މިވަގުތު ހުންނެވި ނަމަވެސް އަދި ކޮންމެ މަސައްކަތެއްގައި އުޅުއްވި ކަމުގައިވިއަސް އެހައްގު އޮންނާނެކަމަށް އުގައިލް ވިދާޅުވިއެވެ.

ބައެއް މީޙުންގެ ފާޑުކިޔުން އުގައިލަށް މިދުވަސްވަރު އަމާޒުވެގެން އުޅެނީ އައްޑޫގައި އިންޑިއާގެ ކޮންސިއުލޭޓެއް ޤާއިމްކުރުމާއިމެދު ކަންބޮޑުވުން ފާޅުކުރައްވަމުންގެންދަވާތީއެވެ. ނަމަވެސް އުގައިލް ތަކުރާރުކޮށް ވިދާޅުވަމުން ގެންދަވަނީ ކޮންސިއުލޭޓް އެޅުމާއި އެމަނިކުފާނު ދެކޮޅު ނޫންކަމަށެވެ.

އެހެން ނަމަވެސް ކަމުގެ ހަޤީޤަތް ރައްޔިތުންނަށް ކިޔައި ނުދީ، އެކަމުން ލިބޭނެ ކުރިއެރުމެއް، ތަރައްގީއެއް އަދި ފައިދާއެއް ބުނެ ނުދީ އެކަމުން އައްޑޫގެ ވިޔަފާރިއަށް ލިބޭނެ ކަމަށްބުނާ ތަރައްގީއަކީ ކޮބައިކަން ބުނެނުދީ، އެކަމުން އައްޑޫގެ ޒުވާނުންނަށް ތަޢުލީމާ ތަމްރީނާ ވަޒީފާގެ ފިރުސަތުތައް އޮތީ ކިހާމިންވަރަކަށްކަން ސާފުކޮށްނުދީ އެކަންކުރަމަކީ ކަންބޮޑުވުމެއްކަމަށް އުގައިލް ވިދާޅުވެއެވެ.


ކިޔުންތެރިންގެ ހިޔާލު


7

ހަގީގަތް

15-Jun-2021

ދިވެހިރާއްޖޭގެ އެއާޕޯޓް ތަކާއި އެތަކެއް ރައްތަކެއް އިންޑިޔާ އަށް ވިއްކާއެލީ ދިވެހިން ބާއޭ އެސުވާލުކުރުން މާރަގަޅު. އުގެއިލް އަކީ ދިވެހި ރާއްޖެދެކެ ލޯބިވާ ދިވެހި ރައްޔިތެއްކަން ހަމަކަށަވަރު. ހިތުގެ އެންމެ ފުންމިނުން އުގެއިލް އަށް ޝުކުރުވެރިވަން.


0

އަބުދުއްލޯ ސައީދު

14-Jun-2021

އުގައިލް އެވިދާޅުވީ ރަގަލުވާހަކައެއް މާސް އައްޑޫދަރިޔަކައް ވޭހެދީ މިބެނަނީ އުގައިލް އިސްތިސްނާ ނިވޭށިޔައު އައްޑޫސިޓީއެކެރާ މަސައްކަތަކުން އޯކޭޭއި


-6

,,ކޮއްކުކުޅު

13-Jun-2021

ޔޫކޭގެ ރައްޔިތެއް ތީީ


3

ޙަބީބު

13-Jun-2021

ކޮންމެދިވެއްސަކައްވެސް އޮންނާނެ ގައުމައް ބަޔަކު ގައްދާރު ވާކައްނުޖެހޭ


4

ޏަޒީރު

13-Jun-2021

މޯދީ އަކީ އައްޑޫ މީހެއްބާ?


-1

ސާރާ

13-Jun-2021

ތިޔަހެން ބުނި ބޭފުޅާއަކީ ދިވެއްސެއްބާ? ޒާތީވިޔަސް އައިޑެންޓިޓީ ގެއްލުވައެއް ނުލެވޭނެ...



ޓްރެންޑިން