ރާއްޖޭގެ ރަށެއްގެ ކޯޓެއްގެ ގޯތިތެރެއަށް ހުއްދަނެތި ވަނުމުން މެޖިސްޓްރޭޓެއް ކުށްވެރިވެއްޖެއެވެ.
ޖުޑީޝަލް ސަރވިސް ކޮމިޝަން، ޖޭއެސްސީން ބުނީ ބ. ދަރަވަންދޫ މެޖިސްޓްރޭޓް ކޯޓުގެ އިސްމެޖިސްޓްރޭޓް އަހުމަދު ލަތީފު ބ. އޭދަފުށީ ކޯޓުގެ ގޯތިތެރެއަށް ހުއްދަ ނެތި ވަދެ، ހުއްދަ ހޯދައިގެން މެނުވީ ކޮށްގެން ނުވާނޭ ފަދަ ކަމެއް ކޮށްފައިވާކަން ޖޭއެސްސީގެ ތަހުގީގަށް ސާބިތުވެފައިވާކަމަށެވެ.
އަދި އިސްމެޖިސްޓްރޭޓް އަހުމަދު ލަތީފުގެ މި އަމަލަކީ، ގާނޫނުއަސާސީއާއި ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ގާނޫނާއި އަދި ފަނޑިޔާރުންގެ ސުލޫކީ މިންގަނޑާ ހިލާފު އަމަލެއްކަމަށް ޖޭއެސްސީން މިކަމާއި ގުޅޭގޮތުން ނެރުއްވި ބަޔާނުގައިވެއެވެ.
ބ. ދަރަވަންދޫ މެޖިސްޓްރޭޓް ކޯޓުގެ އިސްމެޖިސްޓްރޭޓް އަހުމަދު ލަތީފު ޤާނޫނާއި ހިލާފުވުމުން ޖޭއެސްސީގެ ގާނޫނުގެ ދަށުން، އޭނާއަށް ނަސޭހަތް ދިނުމާއެކު ކޮމިޝަނުން ކަނޑައަޅާ ތަމްރީނު ޕްރޮގްރާމެއް ފުރިހަމަކުރުމަށް އެންގުމަށް ޖޭއެސްސީން ވަނީ ނިންމާފައެވެ.

News Briefing_10 June 2021: B.Dharavandhoo Magistrate Court ge IssMagistrate Uz. Ahmed Latheef aa medhu sulookee fiyavalhu elhun
— JSC Maldives (@MaldivesJSC) June 10, 2021
Ithuru thafseel: https://t.co/fkY6vI5jbD pic.twitter.com/0Vyc2FGmZ3
ބ. ދަރަވަންދޫ މެޖިސްޓްރޭޓް ކޯޓުގެ އިސްމެޖިސްޓްރޭޓް އަހުމަދު ލަތީފު ޤާނޫނާއި ހިލާފުވުމުން ޖޭއެސްސީގެ ގާނޫނުގެ ދަށުން، އޭނާއަށް ނަސޭހަތް ދިނުމާއެކު ކޮމިޝަނުން ކަނޑައަޅާ ތަމްރީނު ޕްރޮގްރާމެއް ފުރިހަމަކުރުމަށް އެންގުމަށް ޖޭއެސްސީން ވަނީ ނިންމާފައެވެ.

SUI
ESP
ކިޔުންތެރިންގެ ހިޔާލު