މާލޭ ސިޓީ ކައުންސިލްގެ ބައްދަލުވުންތައް އާންމުކޮށް ހުޅުވާލުމަށާއި ޖަލްސާތައް ލައިވް ކުރަން ސިޓީ ކައުންސިލުން ރަސްމީކޮށް ފާސްކޮށްފިއެވެ.

ސިޓީ ކައުންސިލުން މިއަދު މިގޮތަށް ފާސްކޮށްފައި މިވަނީ، މިދިޔަ ހޯމަ ދުވަހު ބޭއްވި ޖަލްސާގައި އެމްޑީޕީގެ މެމްބަރުން ހުށަހެޅުއްވި މި ހުށަހެޅުން ފާސްކުރަން ކައުންސިލުން ދެކޮޅު ހެދުމަށްފަހުއެވެ. އެކަމާއި ގުޅިގެން ކައުންސިލަށް ފާޑު ކިޔުންވެސް އަމާޒުވިއެވެ. ނަމަވެސް މާލެ ސިޓީގެ މޭޔަރ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ ޖަލްސާތައް ލައިވްކުރަން ސިޓީ ކައުންސިލްގެ އެންމެ ފުރަތަމަ ބައްދަލުވުމުގައިވެސް ނިންމާފައިވާކަމަށެވެ.

ސިޓީ ކައުންސިލްގެ ބައްދަލުވުމެއް މިއަދު ބާއްވާފައިވާއިރު، ކައުންސިލްގެ ބައްދަލުވުންތައް ކުރިއަށްދާ ވަގުތު ޖާގަ އޮތް މިންވަރަކުން އާންމުންނަށް ހުޅުވާލުމަށާއި ސޯޝަލް މީޑިއާ މެދުވެރިކޮށް ބައްދަލުވުންތައް ލައިވްކުރުމަށް ވަނީ ކައުންސިލްގެ އިއްތިފާޤުން ފާސްކޮށްފައެވެ. އަދި އެމްޑީޕީގެ މެމްބަރުން ވަނީ އެކަން ކުރަން މޭޔަރ ބާރު އެޅުއްވާފައިވާތީ އެކަމަށް ޝުކުރު އަދާކުރައްވާފައެވެ.



ޑރ. މުއިއްޒު ވިދާޅުވީ ޖަލްސާތައް ލައިވް ކުރަން ކައުންސިލްގެ ފުރަތަމަ ރަސްމީ ޖަލްސާގައި ފާސްކޮށްފައިވާކަމަށެވެ. އެގޮތުން ޖަލްސާތައް ލައިވް ކުރުމަށް އޮފީހުގެ އައިޓީ އިންތިޒާމްތައް ފުރިހަމަ ކުރުމުގެ މަސައްކަތް ކުރަމުން އަންނަކަމަށް މުއިއްޒު ވިދާޅުވިއެވެ.

މުއިއްޒު ވިދާޅުވީ ޖަލްސާތައް ލައިވް ކުރުމުގެ އިތުރުން، ހުރިހާ ކައުންސިލަރުންގެ މާލީ ތަފްސީލުތައް ވެބްސައިޓްގައި އާއްމުކޮށް ފެންނާނެހެން ޝާއިއުކުރުމަކީ ކޮންމެހެން ވެސް ކުރަންޖެހޭ ކަމެއްކަމަށެވެ.

މާލެ ސިޓީ ކައުންސިލުގެ މަސައްކަތާއި އަލަށް ހަވާލުވި ޕީޕީއެމްގެ މެޖޯރިޓީ އޮންނަ ކައުންސިލުން ދަނީ ރަނގަޅު މަސައްކަތްތަކެއް ކުރަމުންކަމަށް ގިނަ ބަޔަކު ގަބޫލުކުރެއެވެ. އެގޮތުން މާލެ ރައްޔިތުންނަށް ދިމާވެފައިވާ އެކިއެކި މައްސަލަތައް ހައްލު ކުރުމުގެ މަސައްކަތުގައި ކައުންސިލުން އަވަދިނެތި އުޅޭ މަންޒަރު ފެނެއެވެ. ވަރަށް ގިނަގިނައިން ނޫސްވެރިންގެ ބައްދަލުވުންތައް ބާއްވަވައި މައުލޫމާތުތައް ހާމަކުރަށްވަމުން ގެންދަވާކަން ވެސް ވަނީ ފާހަގަ ކުރެވިފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން