ހއ. ދިއްދޫ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއުގެ މަސައްކަތުގެ ދަށުން، މިހާރު ކުރިއަށް ދަނީ ޖިއޯ ބޭގްސްއަށް ވެލިއެޅުމުގެ މަސައްކަތްކަމަށް އެމްޓީސީސީން ބުނެފިއެއެވެ.
އެމްޓީސީސީން ބުނީ މި މަޝްރޫޢުގެ ދަށުން، ކޮނުމަށްފަހު ބިންގަޑު އެއްވަރުކުރަން 7,750 ކިއުބިކް މީޓަރުގެ ވެލިބޭނުންކުރުމާއި، ޖިއޯ ބޭގްސްއަށް އެޅުމަށް 1,926 ކިއުބިކް މީޓަރުގެ ވެލި ބޭނުންކުރުމާއި، ރަށްގިރުމުން ސަލާމަތްކުރުމަށްޓަކައި 310 މީޓަރުގެ ސަރަޙައްދެއްގައި ޖިއޯ ބޭގް ރިވެޓްމެންޓް ޖެހުމުގެ މަސައްކަތް ކުރިއަށްދާނެކަމަށެވެ.
މި މަޝްރޫޢަކީ 10.02 މިލިއަން ރުފިޔާގެ މަޝްރޫޢެއްކަމަށް އެމްޓީސީސީން ވިދާޅުވެއެވެ. ހައުސިން މިނިސްޓްރީން އެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ މިދިޔަ އަހަރުގެ ނޮވެމްބަރުމަހުގެ 15 ވަނަ ދުވަހުއެވެ.
މިމަޝްރޫއަކީ ރާއްޖޭގެ ރަށްރަށުގެ ގޮނޑުދޮށްތައް އާދަޔާ ހިލާފަށް ގިރައި، އާންމުންގެ މުދަލާއި ގެދޮރަށް ގެއްލުން ވެދާނެކަމުގެ ބިރުހީވާތީ، އެކަމުގެ ސަބަބުން އާންމުންގެ ޝަކުވާތައް އިންތިހާއަށް އިތުރުވެފައިވުމުން އެ ކަންބޮޑުވުންތަކަށް ހައްލެއް ހޯދުމަށް ސަރުކާރުން ކުރިއަށްގެންދާ މަޝްރޫއުތަކުގެ ތެރެއިން މަޝްރޫއެކެވެ.

Project works on design and build of shore protection structures at Ha. Dhihdhoo is well underway. We are currently working on filling sand for geo bags. The value of the project is MVR 10.02 million.#MTCCProjects pic.twitter.com/OWGtJoUkxH
— MTCC Plc (@MTCCPlc) June 9, 2021
މި މަޝްރޫޢަކީ 10.02 މިލިއަން ރުފިޔާގެ މަޝްރޫޢެއްކަމަށް އެމްޓީސީސީން ވިދާޅުވެއެވެ. ހައުސިން މިނިސްޓްރީން އެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ މިދިޔަ އަހަރުގެ ނޮވެމްބަރުމަހުގެ 15 ވަނަ ދުވަހުއެވެ.
މިމަޝްރޫއަކީ ރާއްޖޭގެ ރަށްރަށުގެ ގޮނޑުދޮށްތައް އާދަޔާ ހިލާފަށް ގިރައި، އާންމުންގެ މުދަލާއި ގެދޮރަށް ގެއްލުން ވެދާނެކަމުގެ ބިރުހީވާތީ، އެކަމުގެ ސަބަބުން އާންމުންގެ ޝަކުވާތައް އިންތިހާއަށް އިތުރުވެފައިވުމުން އެ ކަންބޮޑުވުންތަކަށް ހައްލެއް ހޯދުމަށް ސަރުކާރުން ކުރިއަށްގެންދާ މަޝްރޫއުތަކުގެ ތެރެއިން މަޝްރޫއެކެވެ.

SUI
ESP
ކިޔުންތެރިންގެ ހިޔާލު