އދ. ގެ 76 ވަނަ އާންމު މަޖިލީހުގެ ރައީސްކަމުގެ މަޤާމަށް ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު އިންތިޚާބުވެވަޑައިގަތުމާއި ގުޅިގެން ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި މާމިގިލި ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމް ޝާހިދަށް މަރުހަބާ ވިދާޅުވެ އަދި ހޯއްދެވި ކާމިޔާބީއަކީ ތާރީޚީ ކާމިޔާބެއް ކަމުގައި ވިދާޅުވެއްޖެއެވެ.
ގާސިމް ވަނީ ޝާހިދަށް ލިބިވަޑައިގެންނެވި ކާމިޔާބީއަކީ ރާއްޖެއަށް ލިބުނު ތާރީޙީ ކާމިޔާބީއެއްގެ ގޮތުގައި ސިފަ ކުރައްވައި މިކާމިޔާބީއަށްޓަކައި ފޮރިން މިނިސްޓްރީގެ ޓީމަށާއި، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހަށް ވެސް މަރުހަބާ ވިދާޅުވެފައެވެ.
އދ. އާންމު މަޖިލީހުގެ ރިޔާސަތު އަބްދުﷲ ޝާހިދު ކާމިޔާބު ކުރެއްވުމާއި ގުޅިގެން ރާއްޖެއާއި ދުނިޔޭގެ ގައުމުތަކުގެ ސަރުކާރު ތަކުގެ އިސް ފަރާތްތަކާއި ސިޔާސީ ދާއިރާގެ އިސް ބޭފުޅުން ގެންދަވަނީ މަރުހަބާ ވިދާޅުވަމުންނެވެ.
އދ. ގެ އާންމު މަޖިލީހުގެ ރައީސްގެ ގޮނޑި ޝާހިދު ކާމިޔާބު ކުރެއްވީ 74 އިންސައްތަ ވޯޓުންނެވެ.
އިންތިހާބުގައި މިނިސްޓަރ ޝާހިދާއި ވާދަކުރެއްވީ އަފްޣާނިސްތާނުގެ ފަރާތުން އެގައުމުގެ ފޮރިން މިނިސްޓަރ ޑރ. ޒަލްމައި ރަސޫލެވެ. ރޭ ނެގި ވޯޓްގައި އާންމު މަޖިލީހުގައި ހިމެނޭ 193 މެންބަރު ގައުމަކުން ވޯޓު ލާފައިވާއިރު، މިނިސްޓަރު ޝާހިދަށް ލިބިވަޑައިގެންނެވީ 143 ވޯޓެވެ. ޑރ. ޒަލްމާއި ރަސޫލަށް ލިބިވަޑައިގެންނެވީ 48 ވޯޓެވެ.
އިންތިޚާބު ކާމިޔާބު ކުރެއްވުމަށް ފަހު މިނިސްޓަރ ޝާހިދު ދެއްކެވި ވާހަކަފުޅުގައި ވިދާޅުވެފައިވަނީ، އދގެ މަޖިލީހުގައި، މަޖިލީހުގެ ރައީސްކަމުގެ މަގާމަށް އިންތިޚާބުވި ރައީސްގެ ގޮތުގައި ހުންނަވައިގެން، ދިވެހިންގެ ފަޚުރުވެރި ބަހުން، މި އުފުއްލަވަނީ ދިވެހި ރައްޔިތުންގެ ފަޚުރުވެރި އަޑު ކަމަށެވެ.

Congratulations and Best wishes to @abdulla_shahid our Foriegn Minister, for winning the Presidency @UN_PGA of the 76th @UN General Assembly. Undoubtedly this victory is a historic honor to the Maldives. I congratulations to HEP @ibusolih you are hard work on this.&@MoFAmv Team. pic.twitter.com/7dbH3Xs1Px
— Qasim Ibrahim (@qasimibrahim) June 8, 2021
އދ. ގެ އާންމު މަޖިލީހުގެ ރައީސްގެ ގޮނޑި ޝާހިދު ކާމިޔާބު ކުރެއްވީ 74 އިންސައްތަ ވޯޓުންނެވެ.
އިންތިހާބުގައި މިނިސްޓަރ ޝާހިދާއި ވާދަކުރެއްވީ އަފްޣާނިސްތާނުގެ ފަރާތުން އެގައުމުގެ ފޮރިން މިނިސްޓަރ ޑރ. ޒަލްމައި ރަސޫލެވެ. ރޭ ނެގި ވޯޓްގައި އާންމު މަޖިލީހުގައި ހިމެނޭ 193 މެންބަރު ގައުމަކުން ވޯޓު ލާފައިވާއިރު، މިނިސްޓަރު ޝާހިދަށް ލިބިވަޑައިގެންނެވީ 143 ވޯޓެވެ. ޑރ. ޒަލްމާއި ރަސޫލަށް ލިބިވަޑައިގެންނެވީ 48 ވޯޓެވެ.
އިންތިޚާބު ކާމިޔާބު ކުރެއްވުމަށް ފަހު މިނިސްޓަރ ޝާހިދު ދެއްކެވި ވާހަކަފުޅުގައި ވިދާޅުވެފައިވަނީ، އދގެ މަޖިލީހުގައި، މަޖިލީހުގެ ރައީސްކަމުގެ މަގާމަށް އިންތިޚާބުވި ރައީސްގެ ގޮތުގައި ހުންނަވައިގެން، ދިވެހިންގެ ފަޚުރުވެރި ބަހުން، މި އުފުއްލަވަނީ ދިވެހި ރައްޔިތުންގެ ފަޚުރުވެރި އަޑު ކަމަށެވެ.

SUI
ESP
ކިޔުންތެރިންގެ ހިޔާލު