ޖުމްހޫރީ ޕާޓީގެ މެންބަރު އަލީ ހުސައިން
ޖުމްހޫރީ ޕާޓީގެ މެންބަރު އަލީ ހުސައިން
އާއިލީ ވެރިކަމަށް ނިމުން ނާންނަ ކަމަށާއި އެއް އާއިލާ އަކަށް ހުރިހާ ބާރުތަކެއް ލިބުމުންވެސް އިންސާފު ނުލިބޭ ކަމަށް ޖުމްހޫރީ ޕާޓީގެ މެންބަރު އަލީ ހުސައިން ވިދާޅުވެއްޖެ އެވެ.

ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސައިން ވިދާޅުވީ ދިވެހިން ހީކޮށްގެން ތިބީ ނޮވެންބަރު 11، 2008 އިން ފެށިގެން ރާއްޖެއިން އާއިލީ ވެރިކަން ނިމުމަކަށް އައީ ކަމަށެވެ. އެއީ ރައީސް މައުމޫންގެ 30 އަހަރުގެ ވެރިކަން ނިމި ރައީސް މުހައްމަދު ނަޝީދު ވެރިކަމަށް އިންތިޚާބުވެވަޑައިގެން ވެރިކަމުގެ ހުވައި ކުރެއްވި ދުވަހެވެ. ރައީސް ނަޝީދަކީ ރައީސް މައުމޫންގެ ވެރިކަމުގައި އާއިލީ ވެރިކަމާއި ދެކޮޅަށް އެންމެ ބޮޑަށް އަޑު އުފުއްލަވައި އާއިލީ ވެރިކަން ނިންމުމަށް ރައްޔިތުންނަށް ގޮވާލައްވަމުން ގެންދެވި ބޭފުޅެކެވެ.

އަލީ ހުސެއިން ވިދާޅުވީ 2021 ވަނަ އަހަރު އައިއިރުވެސް އެކަން ބަދަލު ނުވެ އެ ގޮތުގައި ދެމި އެބައޮތް ކަމަށެވެ. އެއް އާއިލާއަކަށް ހުރިހާ ބާރެއް ލިބުމުން އިންސާފު ނުލިބޭ ކަމަށާ އަދި މައްސަލަތަކަށް ހައްލެއް ނާންނަ ކަމަށް އަލީ ހުސައިން ވިދާޅުވިއެވެ.



އަލީ ހުސައިން މިހެން ވިދާޅުވެފައިވާއިރު މި ސަރުކާރުގެ މަތީ މަގާމުތަކުގައި ރައީސް ސޯލިހާއި އަނބިކަނބަލުން ފަޒްނާ އަހުމަދުގެ އާއިލާގެ އެކި ބޭފުޅުން ތިއްބެވިކަން ގިނަ ބަޔަލު ފާހަކަ ކުރެއެވެ. މީގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ ރަައީސް، ރައީސް މުހައްމަދު ނަޝީދާއި އެ މަޖިލީހުގެ ނާއިބު ރަައީސް އީވާ އަބްދުﷲ އަކީވެސް އާއިލީ ބޭފުޅުންނެވެ. ރައީސް މައުމޫންގެ ވެރިކަމުގައި އާއިލީ ވެރިކަމުގެ ވާހަކަ ވަރަށް ގަދައަށް އެމްޑީޕީން ދެެއްކި ނަމަވެސް މިހާރު އެވާހަކަ ނުދައްކާތީ ގިނަ ބަޔަކު އަންނަނީ އެކަމާމެދު ސުވާލު އުފައްދަމުންނެވެ.



ކިޔުންތެރިންގެ ހިޔާލު