ޝައިޚް ޙުސެއިން ރަޝީދު އަޙްމަދު (ކ) އާއި ރައީސް ނަޝީދު (ވ)
ޝައިޚް ޙުސެއިން ރަޝީދު އަޙްމަދު (ކ) އާއި ރައީސް ނަޝީދު (ވ)
ސަރުކާރުގެ އެންގުންތައް ތަންފީޒު ނުވުމަކީ ހަރުކަށި މީހުންނަށް ލިބޭ ހިތްވަރެއް ކަމަށް ދީނީ ޢިލްމުވެރިޔާ އައްޝައިޚް ޙުސެއިން ރަޝީދު އަޙްމަދު ވިދާޅުވެއްޖެއެވެ.

ރާއްޖޭގެ ޙާލަތު މިހާރު ހުރި މިސްރާބަށް ބަލާއިރު އެކަކު އަނެކަކަށް "ލާދީނީ" ކިޔުމަކީ ޤާނޫނީ ގޮތުން މަނާ ކަމަކަށް ހަދަން ޖެހޭ ކަމަށް އދ. ގެ ސްޕެޝަލް ރެޕަޓުއާރ ޑރ. އަހުމަދު ޝަހީދު ވިދާޅުވުމާ ގުޅިގެން ޝައިޚް ޙުސައިން މިރޭ ވިދާޅުވީ، ރާއްޖޭގައި މިހާރު ދިމާވެފައިވާ އެންމެ ބޮޑު މައްސަލައަކީ ހަދާ ޤާނޫނުތަކާއި، ސަރުކާރުގެ އެންގުންތައް ތަންފީޒު ނުވުމުގެ މައްސަލަ ކަމަށެވެ.

ޝައިޚް ޙުސައިން މިރޭ "ރަސް އޮންލައިން" އާ ވާހަކަ ދައްކަވަމުން ވިދާޅުވީ، ހެދޭ ޤާނޫނު ތަކާއި، ސަރުކާރުގެ އެންގުންތައް ތަންފީޒު ނުވުމަކީ ހަރުކަށި މީހުންނަށް ލިބޭ ހިތްވަރެއް ކަމަށާއި، ސަރުކާރުގެ ބަސް ތަންފީޒު ނުކުރެވޭނަމަ ސަރުކާރުގެ ބަސް ނުވިކޭނެ ކަމަށެވެ.

ކޯވިޑް-19 އާ ގުޅިގެން މިސްކިތްތަކުގައި ގައިދުރުކޮށް ފަރުޟު ނަމާދުގެ ޖަމާޢަތް ހެދުމަށް ސަރުކާރުން އެންގެވި ނަމަވެސް ބައެއް ދީނީ އިލްމުވެރިން ވަނީ އެކަން ކުރުމަށް އިންކާރުކޮށް އެކަން ނުކުރުމަށް ޢާއްމުންނަށް ހިތްވަރު ލިބޭގޮތަށް ފަތުވާތައް ދީފައެވެ. ނަމަވެސް އެފަދަ ފަރާތްތައް ހުއްޓުވުމުގައި އިސްލާމިކް މިނިސްޓަރ ފެއިލްވެ އެންމެ ފަހުން ސަރުކާރުގެ ނިންމުން ތަންފީޒު ކުރުމަށް މިސްކިތްތަކަށް ފުލުހުން ފޮނުވަން ސަރުކާރަށް ޖެހިފައިވާކަން ފާހަގަކޮށްލެވެއެވެ.

ރާއްޖެއަށްވުރެ މާ ދީނީ ޢިލްމްވެރިން ގިނަ އަދި ދީނީ ކަންކަމުގައި ފަތުވާތައް ނެރުމުގައި އިސްވެ ބަސްބުނާ އިސްލާމީ ބޮޑެތި ގައުމުތަކުގައި ވެސް ގައިދުރުކޮށް ފަރުޟު ނަމާދުގެ ސަފު ހަދަމުންދާއިރު އަދި މާތްވެގެންވާ ގެފުޅުގެ އަރިހުގައި ނަމާދުކޮށް ޠަވާފު ކުރުމުގައިވެސް ގައިދުރުކުރުމުގެ ރައްކާތެރިކަމުވެ އުސޫލަށް ތަބާވަމުންދާއިރުވެސް ރާއްޖޭގައި އުޅޭ އިސްލާމް ދީނުގެ ބައެއް އިލްމްވެރިން ފަތުވާ ދެމުން ގެންދަނީ އެއީ ބިދުޢައެއް ކަމަށެވެ. އަދި އެފަދަ ފަރާތްތަކުން ފާޅުގައި ގައިދުރުކޮށް ޖަމާއަތް ނުހެދުމަށް ދަނީ ގޮވާލަމުންނެވެ.

އެފަދަ މީހުން މައިތިރިކޮށް އެމީހުން ހުއްޓުވައި އެފަދަމީހުން މުޖުތަމަޢުން އެކަހެރި ކުރުމަށް ކަމާބެހޭ ފަރާތްތައް ނުކުޅެދިފައިވާތީ ގިނަބަޔަކު އަންނަނީ ފާޑުކިޔަމުންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން