ދަނޑުވެރިކަން ކުރުމަށް އެގްރޯނެޓަށް ސަރުކާރުން ދޫކުރާ 2 ރަށުގެ އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.

އެގްރޯނެޓަށް ސަރުކާރުން ވަނީ 3 ރަށެއް ދޫކުރުމަށް ނިންމާފައެވެ. އެއީ ހއ. މުލިދޫއާއި، ލ. ގާދޫއާއި، ގދ. ގަމެވެ.


މިރަށްތަކުގެ ތެރެއިން މިއަދު އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ ހއ. މުލިދޫ، ލ. ގާދޫގެ އެއްބަސްވުމުގައެވެ. މިރަށްތަކުގެ އެއްބަަަސްވުމުގައި ސޮއިކޮށްފައިވަނީ އެގްރޯނެޓާއި މިނިސްޓްރީ އޮފް ފިޝަރީޒް މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރއާ ދެމެދުއެވެ.

އެއްބަސްވުމުގައި ސޮއިކުރުމާއިއެކު ދެން ކުރިއަށްދާނީ މިރަށްތަކުގައި ދަނޑުވެރިންނަށް ބޭނުންވާ އަސާސީ އެކިއެކި ވަސީލަތްތައް ލިބޭނެ އިންތިޒާމް ހަމަޖެއްސުން ކަމަށް އެގްރޯނެޓުން ބުނެއެވެ. އޭގެތެރޭގައި ފެނާއި ކަރަންޓް ފަދަ ވަސީލަތްތައް ލިބޭނެ އިންތިޒާމް އެގްރޯނެޓުން ހަމަޖައްސާނެއެވެ.

އެއަށްފަހު އެގްރޯނެޓާއެކު ދަނޑުވެރިކަން ކުރާ ދަނޑުވެރިންނަށް ކޮންޓްރެކްޓް އުސޫލުން މި ރަށްރަށުގައި ދަނޑުވެރިކަން ކުރުމަށް ބިން ދޫކުރާނެއެވެ. އެގްރޯނެޓްގެ ކޮންޓްރެކްޓް ފާމިން މަޝްރޫޢު ފެށުމާއި އެކު، އެކުންފުންޏާއެކު މަސައްކަތް ކުރުމަށް މިހާތަނަށް 1500 ދަނޑުވެރިން ވަނީ ތައްޔާރުވެފައެވެ. އަދި މީގެ ތެރެއިން 787 ފަރާތަކާއިއެކު އެއްބަސްވުންތައް އެކުލަވާލުމާއި ހަމައަށް ދެވިފައިވާކަމަށް އެގްރޯނެޓުން ބުނެއެވެ.

ކިޔުންތެރިންގެ ހިޔާލު