އެމެރިކާއަށް އުފަން، އުމުރުން 12 އަހަރުގެ ކުޑަ ކުއްޖަކު، ކޮވިޑާ ގުޅިގެން ލިބުނު ހުސްވަގުތުގައި އިތުރަށް ކިޔަވައިގެން ޑިގްރީއެއް ހާސިލްކޮށްފިއެވެ.

އޭނާ މިހާރު ތައްޔާރުވަމުންދަނީ ހައިސްކޫލްގެ ދަސްވެނިމުން ފާހަގަކުރުމުގެ އިތުރުން، ކޮމިއުނިޓީ ކޮލެޖަކުން ނިންމި އެސޯސިއޭޓް ޑިގްރީގެ ދަސްވެނިމުންވެސް ފާހަގަކުރުމަށެވެ.

އުމުރުން އެންމެ 12 އަހަރުގެ މައިކް ވަނީ 4 އަހަރު ދުވަހުގެ ކިޔެވުން އެއް އަހަރުގެ ތެރޭގައި ނިންމާލާފައެވެ. އޭނާ ވަނީ ހައިސްކޫލްގެ ދެއަހަރުގެ ކިޔެވުމާއި، އެސޯސިއޭޓް ޑިގްރީގެ ދެއަހަރުގެ ކިޔެވުންވެސް އެއްއަހަރު ދުވަހުގެ ތެރޭގައި ނިންމާލާފައެވެ.

މިކަމާ ބެހޭގޮތުން ވާހަކަ ދައްކަމުން މައިކް ބުނެފައިވަނީ މިއީ އެއްވެސް ވަރަކަށް ޕްލޭން ކުރެވިގެން ކުރެވުނު ކަމެއް ނުން ކަމަށެވެ. އަބަދުވެސް ކިޔަވާހިއްވާ މައިކްއަށް އެހާ އަވަހަށް ކްލާސްތައް ނިންމާލައި ހައިސްކޫލާއެކު ޑިގްރީގެ ކިޔެވުން ނިންމާލެވެން އުޅޭ ކަންވެސް ފާހަގަވީ ކިޔެވުމުގައި އެހިސާބަށް ވާސިލު ވުމުން ކަމަށް މައިކް ބުނެފައިވެއެވެ.

މައިކް ބުނާގޮތުންނަމަ އޭނާ އެންމެ ޝައުގުވެރިކަން ހުންނަނީ ހިސާބާއި ޓެކްނޮލޮޖީގެ މާއްދާތަކަށެވެ. މިގޮތުން އެކި އޮންލައިން ވީޑިޔޯތައް ބޭނުންކޮށް ރޮބޯޓިކްސް އަދި ޕްރޮގްރާމިންގެ އެކި ފިލާވަޅުތައް ވަރަށް ކުޑައިރުއްސުރެން ދަސްކުރަމުން އަންނަކަމަަށްވެއެވެ. މިގޮތުން އޭނާ މިހާރު ވަނީ ހުރިހާ މީސްމީޑިޔާތަކަކަަށް އެއްތަނަކުން އެކްސެސް ވެވޭގޮތަަށް ފަރުމާކޮށްފައިވާ ޓެކް ވިޔަފާރިއެއްވެސް ފަށާފައެވެ. ރިފްލެކްޓް ސޯޝަލް ގެ ނަމުން ނަންދެވިފައިވާ މި ސްޓާޓްްއަޕްގެ މައިގަނޑު މަގްސަދަކީ ދިރިއުޅުން ފަސޭހަކުރުމަށް އާއީޖާދުތަކެއް އުފެއްދުން ކަމަށް މައިކް ބުނެފައިވެއެވެ.

މައިކްގެ ކާމިޔާބީ ތަކާއެކުވެސް މައިކްގެ މައިންބަފައިން ބުނަނީ މައިކް އަކީ ކުޑަ ކުއްޖެ ކަމަށާއި، މިގޮތުން އެކި ކުޅިވަރު ކުޅުމުގައިވެސް މައިކް ވަގުތު ހޭދަކުރާކަމާއި އޭނާގެ ކަމަކީ ކިޔެވުމާއި ޓެކްގެ ކަންތަކުގައި އަބަދު އުޅުމެއް ނުން ކަމަށެވެ. އަދި މައިކް ކުރިއަށްދާން ބޭނުންވާ ކޮންމެ ދާއިރާއަކުން ކުރިއަށް ދިއުމަށް ހިތްވަރުލައިދީ ސަޕޯޓް ކުރާކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން