އަހުމަދު މަސްނޫމް   14 އޭޕްރީލު 2021 - 17:37
ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު ރަސްމީ ދަތުރުފުޅެއްގައި އިންޑިއާއަށް ފުރާވަޑައިގެންފިއެވެ.

ފޮރިން މިނިސްޓްރީން ބުނީ މިނިސްޓަރ ޝާހިދުގެ މި ދަތުރުފުޅުގައި އިންޑިއާގެ އެކްސްޓަރނަލް އެފެއާޒް މިނިސްޓަރ ޑރ. އެސް ޖައިޝަންކަރްއާ ބައްދަލުކުރައްވާ، ބައިލެޓްރަލް އަދި މަލްޓިލޭޓަރަލް ކަންކަމާ ގުޅޭގޮތުން މަޝްވަރާކުރައްވާނެކަމަށެވެ. އަދި މިނިސްޓަރގެ މި ދަތުރުފުޅުގެ ރަސްމީ ބައްދަލުވުންތައް ކުރިއަށްދާނީ ބުރާސްފަތި އަދި ހުކުރު ދުވަހުކަމަށްވެސް ފޮރިން މިނިސްޓްރީން ބުނެއެވެ.

ޚާރިޖީ ވަޒީރު އިންޑިއާއަށް ރަސްމީ ދަތުރުފުޅެއްކުރައްވާއިރު، މިދިޔަ ފެބްރުއަރީމަހު އިންޑިއާގެ ފޮރިން ސެކްރެޓަރީ ޑރ. އެސް ޖައިޝަންކަރުވެސް ވަނީ ރާއްޖެއަށް ރަސްމީ ދަތުރުފުޅެއް ކުރަށްވާފައެވެ. އެ ދަތުރުފުޅުގައި 7 ދާއިރާއަކުން އެހީތެރިކަން ދިނުމާ ގުޅޭ އެއްބަސްވުންތަކެއްގައި ރާއްޖެއާއި އިންޑިއާއިން ސޮއިކޮށްފައިވެއެވެ.

ޚާރިޖީ ވަޒީރު ޝާހިދުގެ މިރަސްމީ ދަތުރަކީ ކަނޑައެޅިގެން ކޮންކަމަކާއި ގުޅިގެން، ކީއްކުރަށްވަން ކުރައްވާ ދަތުރެއް ކަމެއް ޚާރިޖިއްޔާއިން އަދި ހާމަކޮށްފައެއް ނުވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން