ލޯކަލް ކައުންސިލް އިންތިހާބުގެ އެއްވެސް ވޯޓު ފޮށްޓެއް އަލުން ގުނަން މިހާތަނަށް ނިންމާފައި ނުވާކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފިއެވެ.
އިލެކްޝަންސް ކޮމިޝަނުން މިހެން ބުނެފައި މިވަނީ އެމްޑީޕީން އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މާލޭގެ ހަތަރު ދާއިރާއެއްގެ ފޮށި އަލުން ގުނަން އެ ޕާޓީގެ ފަރާތުން ހުށަހަޅާފައިވާކަމަށް އެ ޕާޓީގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެފައިވަނިކޮށެވެ.
އިލެކްޝަންސް ކޮމިޝަނުން ބުނީ މިހާތަނަށް އެއްވެސް ފޮށްޓެއް އަލުން ގުނަން ނިންމާފައިނުވާކަމަށެވެ. އަދި އެފަދަ ނިންމުމެއް ނިންމާނީ ވަރަށް ގިނަ ކަންކަމަށް ބެލުމަށްފަހުކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފައިވެއެވެ.
އެމްޑީޕީން ރޭ ނެރުނު ބަޔާނެއްގައި ބުނީ މާލޭގެ 5 ދާއިރާއަކާއި އައްޑޫ ސިޓީގެ 4 ދާއިރާއެއްގެ ނަތީޖާ އިތުރަށް ކަށަވަރުކުރުމަށް މަސައްކަތްކުރާ ކަމަށެވެ، އެގޮތުން އެ ދާއިރާތަކުގައި މިހާރު ކުރީގައި އުޅޭ ކެންޑިޑޭޓާއި އެމްޑީޕީގެ ކެންޑިޑޭޓުންނާ ދެމެދު ހުރީ 40 ވަރަކަށް ވޯޓަށްވުރެ ކުޑަ ފަރަގެއް ކަމަށް އެމްޑީޕީން ބުނެއެވެ. އަދި އެޕާޓީއަށް މިހާތަނަށް ކަށަވަރުވެފައިވާ ގޮނޑިތަކުގެ އިތުރުން މާލެ އާއި އައްޑޫ ސިޓީގެ އިތުރު ގޮނޑި ލިބުމުގެ ފުރުސަތު އޮތްކަމަށް އެމްޑީޕީން ބުނެފައިވެއެވެ.
ބައެއް ފޮށިތައް އަލުން ގުނަން އެމްޑީޕީން މަސައްކަތްކުރަމުންދާއިރު، އިދިކޮޅު ފަރާތްތަކުން ދަނީ އެމްޑީޕީން އިންތިޚާބުގެ ނަތީޖާއަށް ނުފޫޒު ފޯރުވަމުންދާކަމަށް ތުހުމަތުކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު