ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމް
ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމް
ހިޔާ މަޝްރޫއުގެ ފްލެޓުތަކަށް ޑައުންޕޭމެންޓު ނުދައްކާވެސް ވަދެވޭނެ ކަމަށް ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެ އެވެ.

ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ހައުސިން މިނިސްޓަރު މުހަންމަދު އަސްލަމް ވިދާޅުވީ ހިޔާ މަޝްރޫއުގެ ފްލެޓުތަކަށް ޑައުންޕޭމެންޓު ނުދައްކާވެސް ވަދެވޭނެ ކަމަށެވެ. ޑައުންޕޭމެންޓެއް ނުދައްކައި 25 އަހަރަށް ބަހާލައިގެން މަހަކަށް 7،500 ރުފިޔާ އެ ފްލެޓުތަކަށް ދައްކަން ޖެހޭނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. އެހެން ނަމަވެސް ޑައުންޕޭމަންޓް ދައްކާނަމަ އެ އަދަދު ކުޑަވެގެންދާނެ ކަމަށް އަސްލަމް ވިދާޅުވިއެވެ.

"ޑައުންޕޭމެންޓެއް ދައްކައިފިއްޔާ 7،500 އަށް ވުރެ ކުޑަވާނެ، އެހެންވީމާ އެންމެ ބޮޑުވަރުވެގެން ދައްކަން ޖެހޭނީ 7،500 ރުފިޔާ. އެއީ ޑައުންޕޭމެންޓެއް ނުދައްކާ. ޑައުންޕޭމެންޓެއް ދެއްކީމަ މަހެއްގެ މައްޗަށް ދައްކަން ޖެހޭ މިންވަރު ކުޑަވާނެ. ޑައުންޕޭމެންޓު ދައްކާ މިންވަރަކުން ކުޑަވާ މިންވަރު އަންނާނީ." މިނިސްޓަރު ވިދާޅުވިއެވެ.

މީގެ އިތުރުން އެންމެ ބޮޑު ވެގެން ހިޔާ ފުލެޓަށް ދައްކަން ޖެހޭ އަދަދު ސަރުކާރުން ކަނޑައަޅާފައިވާކަން ފާހަަގަކުރައްވައި މިނިސްޓަރު ވިދާޅުވީ ހިޔާ ފްލެޓުގެ އަސްލު އަގާ އަޅާބަލާއިރު، އެއީ ކުޑަ އަގެއް ކަމަށެވެ.

"ކޮންސްޓްރަކްޝަން ކޮސްޓާ ފައިނޭންޝަން ކޮސްޓާ އެކީ އަސްލު އަގު އެބަޖެހޭ ގާތްގަނޑަކަށް 11 ވަރަކަށް ހާސް ރުފިޔާ،" މިނިސްޓަރު އަސްލަމް ވިދާޅުވި އެވެ.

މިނިސްޓަރު އަސްލަމް ވިދާޅުވީ ހިޔާ ފްލެޓުތައް އެޅުމަށް ނަގާފައިވާ ލޯނަކީ 3.2 ޕަސެންޓްއާއި ލައިބޯގައި 10 އަހަރަށް، ދެ އަހަރުގެ ގްރޭސް ޕީރިއަޑާއެކު ދައްކަން ޖެހޭ ލޯނެއް ކަމަށެވެ.

"7،500 އަކީ ވަރަށް ބޮޑަށް ސަބްސިޑައިޒް ކުރެވިފައިވާ އަދަދެއް،" މިނިސްޓަރު އަސްލަމް ވިދާޅުވި އެވެ.



މިނިސްޓަރު އަސްލަމް ވިދާޅުވީ ފްލެޓުތަކުގެ ގުރުއަތުނެގުމަށްފަހު، ފްލެޓު ލިބޭ މީހުންނާއެކު އެޗްޑީސީ އިން އެއްބަސްވުން އެކުލަވާލާނެ ކަމަށެވެ. އޭގެ ފަހުން އެތަންތަނަށް ވަނުމަށް ކުރަންޖެހޭ ކަންތައް ކުރަން ތިން މަސް ދޭނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. ހިޔާ ފްލެޓުތަކުގައި ޓައިލްސް ޖެހުމާއި ކޮޓަރި އަދި ފާހާނާ ތަކުގެ ދޮރު ހަރުކުރުމާ ބޮކި ފަންކާ ހަރުކުރުމުގެ މަސައްކަތް ކުރަންޖެހޭނީ ފްލެޓު ލިބޭ މީހުން އަމިއްލައަށް ކަމަށް ސަރުކާރުން ވަނީ ބުނެފައެވެ.

ފްލެޓު ލިބޭ މީހުންގެ ތެރެއިން ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ދޭ ފްލެޓުތަކުގެ ގުރުނެގުން މާދަމާ ބާއްވާ ގޮތަށް ވަނީ ހަމަޖެހިފައެވެ. ހިޔާގެ 6،720 ފްލެޓު ލިބުނު ފަރާތްތަކުގެ މެދުގައި ގުރުއަތު ނެގުން ސަރުކާރުން  ހަވާލުކޮށްފައިވަނީ އެޗްޑީސީ އާއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން