އަންނަ ހޮނިހިރުދުވަހު ބާއްވާ ލޯކަލް ކައުންސިލް އިންތިޚާބު ހަމަހަމަކަމާއި އިންސާފުވެރިކަމާއެކު ބާއްވައިދޭން ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހަންމަދު ނަޝީދު މިއަދު އެދިވަޑައިގެންފިއެވެ.
މިއަދު އޮތް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ ފައްޓަވައިދެއްވުމުގެ ގޮތުން ވާހަކަފުޅު ދައްކަވަމުން ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު ވިދާޅުވީ މިއަދުގެ ޖަލްސާއަކީ ކައުންސިލު އިންތިޚާބުގެ ކުރިން ބާއްވާ އެންމެ ފަހުގެ މަޖިލިސް ޖަލްސާ ކަމަށެވެ. ރައީސް ނަޝީދު ވަނީ އިންސާފުވެރި ހަމަހަމަ އިންތިޚާބެއް ބާއްވައި ދިނުމަށް އިލެކްޝަންސް ކޮމިޝަނާއި އެ ކޮމިޝަނުގައި މަސައްކަތްކުރައްވާ އެންމެހާ މުވައްޒަފުންގެ ކިބައިން އެދިވަޑައިގެންފައެވެ.
"އިލެކްޝަން ކޮމިޝަނަށާއި، ކޮމިޝަންގަައި މަސައްކަތް ކުރައްވާ ހުރިހާ ބޭފުޅުންނަށް އަޅުގަނޑު ވަރަށް ބޮޑަށް އިލްތިމާސް ދަންނަވަން ބޭނުން އިންސާފުވެރި ހަމަހަމަ އިންތިޚާބެއް ބާއްވައިދެއްވުމަށް، އަޅުގަނޑު ޔަގީންކަން އިންތިޚާބުގެ އެންމެހައި ކަންކަންދާނީ އެމަގުން ކަމަށް." މަޖިލީހުގެ ރައީސް ވިދާޅުވިއެވެ.
އެމަނިކުފާނު ވިދާޅުވީ ވޯޓުލުމާއި، ވޯޓުގެ ނަތީޖާ އިއުލާނުކުރުމުގެ ކަންކަންވެސް ދެ ފުށް ފެންނަ ގޮތަށް، ޤާނޫނާއި ޤަވާޢިދުގެ އިމުގެ ތެރެއިން ހިންގޭ މަސައްކަތްތަކަށް ވާންޖެހޭ ކަމަށެވެ. އެ މަސައްކަތް ހިންގާނީ އެ ގޮތަށް ކަމާމެދު ޝައްކުނުކުރައްވާ ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ. އަންނަ ހޮނިހިރުދުވަހު ބާއްވާ ލޯކަލް ކައުންސިލް އިންތިޚާބުގައި، 3،934 ކެނޑިޑޭޓުން ވާދަކުރެއެވެ. އިންތިހާބަށް އެންމެ ފަހުގެ ތައްޔާރީތައް އިލެކްޝަންސް ކޮމިޝަނުން އަންނަނީ ވަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު