ކުރިއަށް އޮތް ރޯދަމަހު ބެންކު އޮފް މޯލްޑިވްސް، ބީއެމްއެލްއިން ޚިދުމަތް ލިބޭނެ ގަޑިތައް ކަނޑައަޅައިފިއެވެ.

ބީއެމްއެލްއިން ބުނީ ރޯދަމަހު އެބެންކު ހުޅުވާނީ އާދީއްތަދުވަހުން ފެށިގެން ބުރާސްފަތިދުވަހަށްކަމަށެވެ. އަދި ބެންކު ހުޅުވާފައި ހުންނާނީ ކޮންމެ ދުވަހެއްގެ ހެނދުނު 9:00 އިން މެންދުރު 12:00 އަށްކަމަށް ބީއެމްއެލްއިން ބުނެއެވެ.

ބީއެމްއެލްގެ ބްރާންޗުތަކުން ހެނދުނު 9:00 އިން މެންދުރު 12:00އަށް ޚިދުމަތްދިނަސް، އޮންލައިންކޮށް ހޯއްދަވާއި ޚިދުމަތްތަކާއި ސެލްފް ސަރވިސް ސެންޓަރުގެ ޚިދުމަތް 24 ގަޑިއިރު ލިބެން ހުންނާނެކަމަށް ބީއެމްއެލްއިން ބުނެއެވެ.

ކޮންމެ އަހަރެއްގެ ރޯދަމަހު ރާއްޖޭގެ ރަސްމީ މަސައްކަތު ވަގުތު ކުރުވުމާއެކު، ބެންކުތަކުން ޚިދުމަތްދޭ ވަގުތުތައްވެސް މަދުކުރެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން